ވިޔަފާރި

އާޓާގެ ރައީސަކަށް އަނެއްކާ ވެސް ކެޕިޓަލް ރިފްއަތު

Feb 18, 2020

އެސޯސިއެޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) ގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު ހޮވައިފި އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޓްރެވަލް ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ އެއް ކަމަށްވާ އާޓާގެ ރައީސްގެ މަގާމަށް މި ފަހަރު ރިއްފަތު ހޮވިއިރު، ނިމިދިޔަ ދައުރުގައި ވެސް ރައީސްގެ މަގާމު ފުރުއްވީ އޭނާ އެވެ.

އާޓާގެ ބޯޑަށް ރިފްއަތުގެ އިތުރުން ދެން ހޮވިފައިވާ ދެ ނައިބް ރައީސުން ކަމަށްވާ މުހައްމަދު އަލީ އާއި ލެޓްސްގޯ މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) އެވެ. އަދި ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ހޮވިޑައިގަތީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހާރިސް އެވެ.

އާޓާގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މަޓާޓޯ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނެވެ. އާޓާ އިން ދަނީ ރާއްޖެ އިޝްތިހާރު ކުރަން ބޭރުގައި ބައެއް ހަރަކާތްތައް ހިންގަމުންނެވެ.