ހަބަރު

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ

Feb 18, 2020
1

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

މީގެކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ބިލާލްއަށް ދައުވަތު ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިނިސްޓަރު މަހުލޫފް ވަނީ ދައުވަތު ގަބޫލު ކުރެއްވީތީ ބިލާލަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މަހުލޫފް ވިދާޅުވީ ބިލާލް ވަޑައިގަންނަވަނީ ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ކަމަށެވެ.

މީގެކުރިން ބިލާލް ރާއްޖެ ވަޑައިގެން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވެސް ދެއްވި އެވެ.