ވިޔަފާރި

މާފުށިވަރު ރިސޯޓު އަންނަ މަހު އަލުން ހުޅުވަނީ

Feb 19, 2020
1

ބޮޑު މަރާމާތަކަށް ފަހު، މާފުށިވަރު މޯލްޑިވްސް ރިސޯޓު އަންނަ މަހު އަލުން ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދޭ ރާސްތާގައި ތަރައްގީ ކުރާ، މާފުށިވަރު ރިސޯޓު އަލުން ހުޅުވާއިރު ރަށުގެ އިމާރާތްތަކާއި މުހިންމު ތަންތަނުގެ ފަރުމާ އަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ޖަރުމަނުގެ ޑާ ޓުއަރިސްޓިކް ބްރޭންޑުގެ ދަށުން ހުޅުވާ މާފުށިވަރު އަލުން ހުޅުވާއިރު މި 81 ވިލާ ހުންނާނެ އެވެ. އަދި ފަސް ކެޓަގަރީގެ ކޮޓަރި ހުންނާނެ އެވެ. ރިސޯޓުގައި ބީޗް ވިލާ އާއި ޕޫލް ވިލާގެ އިތުރުން ރަށުގެ ފަރުމަތީގެ ރީތި މަންޒަރުތައް ފެންނަ ވިލާ ތަކެއް ވެސް ހުންނާނެ އެވެ.

ރާއްޖޭގައި މިހާރު 150 ރިސޯޓު ހިންގަ އެވެ. އަދި މިދިޔަ އަހަރު އަލަށް 20 ރިސޯޓެއް ހުޅުވާފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ޕްރޮޕަޓީގެ ގޮތުގައި 140 ތަނެއްގެ މަސައްކަތް ރާއްޖޭގައި މިހާރު ވެސް ދަނީ ކުރަމުންނެވެ.