ޗެމްޕިއަންސް ލީގް

ހާލޭންޑްގެ ދެ ލަނޑުން ޑޯޓަމަންޑް ޕީއެސްޖީ ބަލިކޮށްފި

އާލިންގް ހާލޭންޑް ޖެހި ދެ ލަނޑާއެކު، ބުރޫޝިއާ ޑޯޓަމުންޑުން ވަރުގަދަ ޕީއެސްޖީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.

ޑޯޓަމުންޑްގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޑޯޓަމުންޑްގެ ފުރަތަމަ ލަނޑު ހާލޭންޑް ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓްގަ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނޭމާ އެވެ. ނަތީޖާ ހަމަހަމަ ކޮށްލައިގެން ޕީއެސްޖީއަށް އޮވެވުނީ ދެ މިނެޓެއްހާއިރު އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ހާލޭންޑް ވަނީ ޕީއެސްޖީގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޑޯޓަމުންޑްގެ ކޯޗް ލޫސިއަން ފާވްރޭ ބުނީ، ވަކި ކުޅުންތެރިޔެއްގެ މަސައްކަތް ހާއްސަކޮށް ނަގަން އުނދަގޫވާ ކަމަށާއި މެޗުން މޮޅު ވެވުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ.

ރޭގެ މެޗަކީ ނޭމާ ޕީއެސްޖީއަށް ބަދަލުވި ފަހުން، ޗެމްޕިއަންސް ލީގްގެ ނޮކައުޓް ސްޓޭޖުގައި ޕީއެސްޖީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.