ދުނިޔެ

ނަތަންޔާހޫގެ ހިޔާނާތުގެ ޝަރީއަތް އަންނަ މަހު

Feb 19, 2020
1

ޓެލްއަވީވް (ފެބްރުއަރީ 19) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތް އަންނަ މަހުގެ 17 ވަނަ ދުވަހަށް ތާވަލު ކޮށްފި އެވެ.

ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސް ދިނުމަށް، އެ ގައުމުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތައްވާ ގޮތަށް ގަވައިދުތައް ބަދަލު ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ނަމަވެސް، އެއްވެސް ޒާތެއްގެ ރިޝަވަތެއް ހިފާފައި ނުވާނެ ކަމަށާއި، އެއީ ސިޔާސީ ދައުވާއެއް ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

ނަތަންޔާހޫގެ ޝަރީއަތް މާޗް 17 އަށް ތާވަލު ކޮށްފައިވާއިރު، އެ ގައުމުގެ އާންމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އޭގެ ދެ ހަފުތާ ކުރިންނެވެ.

އިޒްރޭލުގެ ގާނޫނު ބުނާގޮތުން، ބޮޑު ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.