ހަބަރު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ލިޔުންދީފި

Sep 3, 2015

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރަން ދިރާގުން އަހަރަކު އެއްފަހަރު ބާއްވާ ޕްރޮގްރާމެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ގައުމަށް ކޮށްދޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށެވެ. ރާއްޖޭގައި ދިރާގުފަދަ ބޮޑެތި ކުންފުނިތައް ހުރި އިރު، އެކުންފުނިތަކުން ވެސް ދިރާގު ނަމޫނާއަކަށް ބަލައިގެން އެފަދަ ގިނަ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

ކިޔެވުމުގެ އިތުރަށް ތަމްރީނާއި ތަޖުރިބާގެ މުހިއްމުކަމުގެ މައްޗަށް އިޝާރާތްކުރައްވައި ޒުހޫރު ވިދާޅުވީ، ވަޒީފާގެ މާހައުލަށް ނުކުންނަ ހިސާބުން ބޭނުން ހިފޭނީ ސްކޫލުތަކާއި ކޮލެޖުތަކުން ކިޔަވައިދޭ ތައުލީމުގެ މަދު ޕަސެންޓެއް ކަމަށެވެ. އެހެންކަމުން ޕްރޮގްރާމުގެ އެހީގައި އެކި ދާއިރާތަކުން ލިބޭ މަސައްކަތުގެ ތަމްރީނުގެ ބޭނުން ފުރިހަމަގޮތުގައި ބޭނުންކުރުމަށް މިނިސްޓަރު ޒުހޫރު ވަނީ ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް ތަފާތު އެތައް ދާއިރާއަކުން ތަމްރީނު ދެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

-- ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިން ދިރާގުގެ ވަޒީފާއަކަށް ވަނުން ލާޒިމެއް ނޫނެވެ.-- 

މި ރަސްމިއްޔާތުގައި މިއަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު 26 ބައިވެރިޔަކަށް ސެޓްފިކެޓް ދިނެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދިރާގުން ބާއްވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 124 ކުދިން ވަނީ ބައިވެރިވެ މަސައްކަތުގެ ހުނަރު ހޯދާފައެވެ.