މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ ކައިވެނި ކޮށްފި އެވެ. ދެ ތަރިން ކައިވެނިކޮށްފައިވަނީ މިއަދު ހުޅުމާލޭގައި އޮތް ހަފުލާއެއްގަ އެވެ.
މިއަދު ތާރީހު ރީތިވުމުން ގިނަ ބަޔަކު ކައިވެނިކޮށްފައިވެ އެވެ. އެގޮތުން މާލޭގައި އެކަނި ވެސް 64 ކައިވެނި މިއަދު ކުރި އެވެ.
ރީތި ވެޑިން ޑްރެސްގައި އައްޒަ ފެންނަނީ ވަރަށް އުފަލުން ހުއްޓަ އެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
މިފަހުން މި ދެ ތަރިން އެކުގައި ވަނީ ފިލްމެއްގައިވެސް މަސައްކަތްކޮށްފަ އެވެ. އެއީ މުއާ ތައްޔާރުކުރާ ފިލްމެއް ކަމަށްވާ "ލީނާ" ގަ އެވެ. މި ދެ ތަރިންގެ މެދުގައި މިހާ ގާތް ގުޅުމެއް އޮންނަ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެން ފެށީވެސް މި ފިލްމުގެ ޝޫޓިން ނިމުނު ހިސާބުން ފެށިގެންނެވެ.
އޭގެއިތުރުން ނަހުލާގެ "ހުވާ" ސީޒަން ދެއެއްގައި ވެސް މި ދެ ތަރިން އެކުގައި ފެނިގެންދެއެވެ.
މުއާ އާއި އައްޒަވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އެ ދެމީހުން ކުރިން ކައިވެނި ކުރި މީހުނަށް ކޮންމެ މީހެއްގެވެސް ކުއްޖެއް އެބަހުއްޓެވެ.