ހަބަރު

ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

Feb 20, 2020
1

ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ދެފެން ދޭތެރެއަށް އަޑިއަށްގޮސްފައިވާ 37 ފޫޓުގެ ފައިބަރު ބޯޓެއް ހއ. އަލިދޫގެ އިރުއުތުރު ފަރާތުން އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިބޯޓް އޮޔާގެންދަނީ ހއ.ދިއްދޫ އާއި ހއ.ވަށަފަރާ ދޭތެރެއަށް ހުޅަނގުއުތުރަށް. އެހެންކަމުން މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން." ސިފައިން ބުންޏެވެ.