ކުޅިވަރު

ޗެމްޕިއަންސް ލީގްގައި ފުރުސަތު އިންޑިއާގެ ގޯއާއަށް

އޭޝިއާގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް، އޭއެއެފްސީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދި ދެކުނު އޭޝިއާގެ ފުރަތަމަ ކުލަބަކަށް އިންޑިއާގެ އެފްސީ ގޯއާ ވެއްޖެ އެވެ.

ގޯއާއަށް އެ ފުރުސަތު ހޯދީ އިންޑިއާގެ ސްޕަ ލީގްގެ، ލީގު ބުރުން އެއް ވަނަ ހޯދައިގެންނެވެ. އައިއެސްއެލްގެ ލީގް ބުރުގައި ގޯއާ ވަނީ ޖުމުލަ 39 ޕޮއިންޓް ހޯދާފަ އެވެ. ކުޅުނު 15 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުވެ ތިން މެޗުން ބަލިވި އެވެ.

ގޯއާ އެފްސީން އޭއެފްސީ ޗެމްޕިއަންސް ލީގްގެ ޖާގަ ޔަގީން ކުރީ ލީގް ބުރުގެ އެންމެ ފަހު މެޗުގައި ޖެމްޝޭދުޕުރުގެ މައްޗަށް 5-0 ން މޮޅުވެގެންނެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގް ލޯންޗު ކުރީ، 2002 ވަނަ އަހަރު އެވެ. އެއަހަރު އިންޑިއާގެ މޯހަން ބަގާން އެފްސީ އާއި ޗާޗިލް ބުރަދާސް ވަނީ ކޮލިފައިން ހަތަރު ވަނަ ބުރުގައި ވާދަ ކޮށްފަ އެވެ. އެހެންނަމަވެސް ކޮލިފައި ވެފައެއް ނުވެ އެވެ.

އިންޑިއާގެ ސުޕަ ލީގް ކުރިއަށް ދަނީ، ލީގް ބުރުގެ ގަދަ ހަތަރު ޓީމު ފައިނަލު ބުރަށް ހޮވޭ ގޮތަށެވެ. ފައިނަލު ބުރުގެ ފައިނަލު މެޗަށް ދަތުރު ކުރާނީ ހަތަރު ޓީމުގެ ތެރެއިން ސެމީ ފައިނަލު ބުރުން މޮޅުވާ ދެ ޓީމެވެ. ފައިނަލު ބުރު ކާމިޔާބު ކުރާ ޓީމަށް އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ޖާގަ ލިބޭނެ އެވެ.