ހަބަރު

އިނާމުތަކާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

އަގު ހުރި ބޮޑެތި އިނާމު ތަކަކާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" މިއަދު ފަށައިފި އެވެ.

ހޯމްއިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ބާޒާރު ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބާޒާރުގައި ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ބާޒާރު ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް ހަތަރު މީހުންގެ އުމުރާ ޕެކޭޖު ދޭނެ ކަމަށެވެ.

ދެވަނަ އަދި ތިންވަނަ ފަރާތަށް ވެސް އިނާމުގެ ގޮތުގައި ދެނީ އުމްރާ ދަތުރެކެވެ. މީގެ އިތުރުން ހަފުތާއަކު އެއްފަހަރު ނަގާ ގުރުއަތުގައި ވެސް 10،000 ރުފިޔާ އާއި 20،000 ރުފިޔާ އާ ދެމެދުގެ އަގުހުރި އިނާމް ދޭނެ އެވެ.

ސާޅީސް ޕަސެންތާ ހަމައަށް ޑިސްކައުންޓް ދޭ މި ބާޒާރުގައި ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ވެސް ދެއެވެ. އެގޮތުން 10،000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭނެ އެވެ. އަދި މަކީޓާ ބުރުމާ ބޭނުން ކޮށްގެން ތޮރުފުމުގެ މުބާރާތެއް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ކުރިޔަށްގެންދާނެ އެވެ.

ރަމަޟާން ބާޒާރުގައި އެސްޓީއޯ އިންވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުންވެސް 15 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ފަށާފަ އެވެ. މީގެ އިތުރުން އާއްމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއާފްރައިޔާއެއް ގަތުމުން ވެސް ހަދިޔާއެއް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ބޮޑެތި ޑިސްކައންޓްތަކާއެކު އިނާމުތައް ލިބެ އެވެ.