ވިޔަފާރި

ދިރާގު އޭޖީއެމް އަންނަ މަހު، ޑިރެކްޓަރު ކަމަށް ފުރުސަތު ހުޅުވާލައިފި

Feb 24, 2020

ދިރާގުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު ކަމަށް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރެވޭ މީހަކަށްވުމުގެ އިތުރުން، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނާ ޝަރުތުތައް ހަމަވާ މީހަކަށްވާން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުގެ އަހަރީ އާއްމު ޖަލްސާއަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ޖަލްސާ އެކެވެ.

ދިރާގު އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ދެ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ދިރާގުގެ ޑިރެކްޓަރުގެ ބޯޑުން ދާދިފަހުން ވަނީ ހިއްސާ އަކަށް 12ރ. ނުވަތަ ޖުމްލަ ފައިސާގެ ފައިދާގެ ގޮތުގައި 912 މިލިއަން ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމާފަ އެވެ. ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.