ކުޅިވަރު

ފެލިކްސްގެ ލަނޑާއެކު އެތުލެޓިކޯ ތިން ވަނައަށް

ގާތްގަނޑަކަށް މަސް ދުވަސް ވަންދެން އަނިޔާގައި ހުރުމަށް ފަހު، އެނބުރި ކުޅުމުގެ ތެރެއަށް އައިސް ވިޔަރެއާލްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން އެތުލެޓިކޯ މެޑްރިޑް މޮޅު ކޮށްދޭން ޔޯއާ ފެލިކްސް ލަނޑުޖަހައި އެތުލެޓިކޯ ތިންވަނަ އަށް ގެންގޮސްދީފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ލެގަނޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި، ފެލިކްސްގެ ތަނބިކަށްޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. ރޭގެ މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ، ވިޔަރެއާލް އެވް އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އަލްކާސާ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނެޓްގަ އެވެ. އެތުލެޓިކޯއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 40 ވަނަ މިނެޓްގައި އޭންހަލް ކޮރެއާ ވަނީ އެތުލެޓިކޯއަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.

އެތުލެޓިކޯ އަށް ލީޑް ނަގައި ދިނީ ކެޕްޓަން ކޯކޭ އެވެ. އޭނާ ލަނޑު ޖެހީ ކޮރެއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 74 ވަނަ މިނެޓްގައި ފެލިކްސް ލަނޑު ޖެހީ ކޯކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެއީ ސެޕްޓެމްބަރުގެ ފަހުން ސްޕެނިޝް ލީގްގައި ފެލިކްސް ޖެހި ފުރަތަމަ ލަނޑެވެ.