ހަބަރު

ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު އައިސީޔޫގައި

Feb 24, 2020
3

ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ހާލުކޮޅު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު އޮންނެވީ ސްރީލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫއެއްގަ އެވެ. އަދި ފަރުވާ ދެމުން އަންނަނީ ހިތުގެ ބައިޕާސް ސާޖަރީއަކަށް ފަހު އެވެ.

މުނައްވަރު ބަންޑާރަނައިބު ކަން ކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގަ އެވެ. އަދި 2007 އަކުން 2008 އަކަށް އެމްޑީޕީގެ ރައީސްކަން ވެސް އެ މަނިކުފާނު ކުރެއްވި އެވެ.