މާލޭގެ ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ހާދިސާގައި ބިދޭސީއަކު ފިހިފައިވެ އެވެ. އޭނާއަށް ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ފިހިފައިވަނީ އެ ތަނުގެ ކައްކާ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެ ކެފޭގެ ބަދިގޭގަ އެވެ. އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ޗާންދަނީ މަގު ވެސް މިއަދު ބަންދު ކޮށްފައި ވެއެވެ.
މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ. އަލިފާނު އެ ކެފޭގެ ބަދިގެއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.