ކުޅިވަރު

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ސިޓީ ޗެމްޕިއަންކަން

އެސްޓަން ވިލާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕް، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ތިން ލަނޑު ވެސް ކާމިޔާބު ކުރީ، ފުރަތަމަ ހާފުގަ އެވެ. ސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އާއި ރޮޑްރީ ހެނާންޑޭޒް އެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން ރޮޑްރީ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރން، އެސްޓަން ވިލާގެ މުބްވާނަ ސަމާޓާ އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އެވެ. ދެ ވަނަ ހާފުގައި ސިޓީއަށް ކުރިމަތިވީ ލަނޑު ނުޖެހުމުގެ މައްސަލަ އެވެ. މެޗުގެ 88 ވަނަ މިނޓްގައި ލަނޑު ޖެހުމާ ވަރަށް ގާތަށް އެސްޓާންވިލާއަ ދިޔަ އެވެ.

ގާޑިއޯލާ ވަނީ މެންޗެސްޓާ ސިޓީ އާއެކު އޭނާ ކުރިމަތިލި ނުވަ ޗެލެންޖުގެ ތެރެއިން އަށް ތަށި މިހާތަނަށް ހޯދާފަ އެވެ.