ތާޖު އެގްޒޯޓިކާ ރިސޯޓުން އަންމަ މަހު ފާހަގަ ކުރާ ހާއްސަ މުނާސަބަތުތަކާ ދިމާކޮށް، ހަފުތާ ބަންދު ތަފާތު ގޮތަކަށް ފާހަގަ ކުރަން ތައްޔާރު ވެއްޖެ އެވެ.
ތާޖު އެގްޒޯޓިކާ ރިސޯޓުން ބުނީ މިގޮތުން ބާއްވާ ހަފުތާ ބަންދުގައި ދިވެހި ވަންތަ ކުލަތަކާއެކު ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މިގޮތުން މި ހަފުލާ ފާހަގަ ކުރަމުން ގެންދާއިރު ހާއްސަ ކެއުންތަކެއް ވެސް އެ ރިސޯޓުގައި ތައްޔާރު ކުރާނެ އެވެ.
މި ހާއްސަ ކެއުންތަށް އެ ރިސޯޓުގެ ހިތްގައިމު ބީޗުގައި ކުރި އަށް ދާއިރު، އެތަނުގައި ބާބެކިޔު އޮންނާނެ އެވެ. މި ބާބެކިޔުގައި އެއް ގައުމު މަހުގެ ބާވަތްތަކުގެ އިތުރުން ވެސް ތަފާތު މީރު ކެއުން ތަކެއް ހިމެނޭނެ އެވެ.
ތާޖު އެގްޒޯޓިކާ ރިސޯޓުގެ މި ހާއްސަ ހަފުތާ ބަންދުތަކުގައި ކުޑަކުދިންނަށް ތަފާތު ގޭމްތަކާއެކު ގިނަ ކުޅިވަރުތަކެއް ވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އެ ރިސޯޓުގެ މޫދު ކުޅިވަރުގެ ވަސީލަތްތަކާއި ސްޕާތައްވެސް މި ދުވަސް ވަރަށް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީ ކޮށްފައިވާ ތާޖު އެގްޒޯޓިކާ ރިސޯޓަކީ ފައިވް ސްޓާ ރިސޯޓެކެވެ.