ހެނދުނު ސައި ރަނގަޅަށް ބޯން ޖެހެ އެވެ. އެއްގޮތަކަށް ވެސް ހެނދުނު ސައި ކަޓުވާލާކަށް ނުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. ސަބަބަކީ ހެނދުނުގެ ސައި ބޯ ގަޑިއާއި އަހަރެންގެ ހަށިގަނޑުން އެ ދުވަހަކު ކެލޮރީޒް އަނދާނެ މިންވަރާ ގުޅިފައިވާތީ އެވެ. އަދި ރޭގަނޑުގެ ކެއުން އަހަރެމެން ކާލެއް ލަސްކުރި ވަރަކަށް ކެލޮރީޒް އަނދާލެއް މަދުވެ އެވެ. އެހެންވީމާ ހެނދުނު ސައި ރަނގަޅަށް ބޮއިގެން ރޭގަނޑު ކެއުން ހުއްޓާލަން ޖެހެ އެވެ.
އެމެރިކާގެ ވެންޑާބިލްޓް ޔުނިވަސިޓީގެ ދިރާސާއެއް ބުނާ ގޮތުން ކޮންމެ ދުވަހަކުވެސް ހަވީރު ކެއުމަށްފަހު ހެނދުނު ވުމާ ހަމަޔަށް އެއްޗެއް ނުކައި ހުރުމަކީ ބަރުދަން މެނޭޖްކުރަން އެންމެ ފަސޭހަވާނެ ގޮތެވެ.
ސައިންސްވެރިން ބުނަނީ ބަރުދަން އިތުރުވުމާއި ލުއިވުން ބެލެންސް ކުރެވެނީ އެމީހަކު ކާ ކެއުމުގެ ހިމެނޭ ބާވަތްތަކާއި ކާ މިންވަރު އަދި ކަސްރަތު ކުރާ މިންވަރެއްގެ މައްޗަށެވެ.
ކޮންމެ ދުވަހެއްގެ ކެއުންތައް ކާ ގަޑިތަކަކީ ވެސް އެމީހެއްގެ ހަށިގަނޑުން ކެލޮރީޒް އަނދާނެ މިންވަރަށް ނުފޫޒުފޯރުވާނެ ކަމެކެވެ. ޖާނަލް ޕީއެލްއޯއެސް ބައޮލޮޖީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި ކާއެއްޗެތި މެޓަބޮލައިޒް ކުރާނީ ކޮން ގޮތަކަށްކަން އަންދާޒާ ކުރެވެނީ އިންސާނާގެ ހަށިގަނޑުގެ ބައޮލޮޖިކަލް ކްލޮކް އާއި ނިދުމުގެ ޕެޓާންގެ މައްޗަށް ބިނާކޮށެވެ. ހަށިގަނޑުން އަނދާނީ ފެޓްސް ތޯ ނުވަތަ ކާބޯހައިޑްރޭޓްސްތޯ ވެސް ނިންމަނީ ރޭގަނޑު ނުވަތަ ދުވާލު ކާ ވަގުތު ތަކުގެ މައްޗަށެވެ.
ސައިންޓިސްޓުން ބުނާ ގޮތުގައި އިންސާނާގެ ބޮޑީ ކްލޮކް ޕްރޮގްރާމް ކުރެވިފައި ވަނީ ނިދާގަޑީގައި ހަށިގަނޑުން ސަރުބީ ވިރެން އެހީތެރިވާ ގޮތަށެވެ. އެހެންކަމުން ހެނދުނު ނާސްތާ ނުކުރާނަމަ އަދި ރޭގަނޑު އެއްޗެތި ކާނަމަ ހަށިގަނޑުން ސަރުބީ ވިރުން ލަސްވެ އެވެ.