ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އޮލިމްޕިކް ގޭމެސް ފަސް ކުރަން ޖެހިދާނެކަމުގެ ބިރު

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 ގެ ބިރުވެރި ކަމާހެދި މިއަހަރު ބާއްވާ އޮލިމްޕިކް ގޭމްސް ފަސް ކުރަން ޖެހިދާނެ ކަމަށް ޖަޕާންގެ އޮލިމްޕިކް މިނިސްޓަރު ސޭކޯ ހަށިމޯޓޯ ވިދާލުވެއްޖެ އެވެ.

ޖަޕާންގެ ވެރިރަށް ޓޮކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް ޝެޑިއުލް ކޮށްފައި ވަނީ، ޖުލައި 24 ން އޯގަސްޓް ނުވަޔަކަށެވެ. ޖަޕާންގެ ކޮވިޑް 19 ގެ ސަބަބުން އޮލިމްޕިކް ގޭމްސް ކުރިއަށް ގެންދެވިދާނެތޯ، ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުވާލު ކުރެއްވުމުން ހަށިމޯޓޯ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތައް ވުރެ ފަސް ކުރަން ޖެހިދާނެ ކަމަށާއި ފަސް ކުރިއަސް ފަސް ކުރާނީ މިއަހަރުގެ ފަހު ކޮޅަށް ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ ރައީސް ތޯމަސް ބާކް، ކުރިން ވިދާޅުވެފައި ވަނީ ކަނޑައެޅިފައިވާ ތާރީހްގައި އޮލިމްޕިކް ގޭމްސް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށެވެ.

"ކޮންޓްރެކްޓްގައި ބުނަނީ 2020 ގައި ގޭމްސް ބާއްވަން ޖެހޭނެ ކަމަށް،" ޕާލަމެންޓްގައި ވާހަކަ ދައްކަމުން ހަށިމޯޓާ ވިދާޅުވި އެވެ. "ފެންނަފެނުމަށް ބަލާއިރު ގޭމްސް ލަސް ކުރަންވެސް ޖެހިދާނެ."

ކޮވިޑް 19 އެންމެ ބާރަށް ފެތުރެމުން ދަނީ، ޖާޕާންގެ އަވަށްޓެރި ޗައިނާގަ އެވެ. ޗައިނާގެ ހުއާންއިން ފެތުރެން ފެށި ވައިރަސްގެ އަސަރު ވަނީ 60 ށް ވުރެ ގިނަ ގައުމަކަށް ކޮށްފަ އެވެ. މި ވައިރަސްގެ ސަބަބުން ކުޅިވަރުގެ ގިނަ އިވެންޓްތަކަކަށް ވަނީ އަސަރު ކޮށްފަ އެވެ.

އިޓަލީގެ ސޭރިއާގެ މުހިންމު މެޗުތައް، ވެސް ވަނީ ވައިރަސްގެ ސަބަބުން ކެންސަލް ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އެޓަލާންޓާ އާއި ވެލެންސިއާ ކުޅެން އޮތް މެޗުވެސް ކުޅެން ނިންމާފައި ވަނީ ސަޕޯޓަރުން ނުވައްދަ އެވެ.