ކުޅިވަރު

32 އަހަރަށް ފަހު ސޮސީޑާޑް ފުރަތަމަ ފައިނަލަށް

ދެ ވަނަ ލެގްގައި ސީޑީ މިރާންޑެސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 32 އަހަރަށް ފަހު ސްޕެނިޝް ކަޕްގެ ފައިނަލަށް ރެއާލް ސޮސީޑާޑް ދަތުރު ކޮށްފި އެވެ.

މިރާންޑެސްގެ ދަނޑުގައި ކުޅުނު މެޗުގައި، ސޮސީޑާޑްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ މިކެލް އޮޔާޒަބެލް އެވެ. މި ނަތީޖާ އާއެކު ސޮސީޑާޑްން ފައިނަލަށް ދަތުރު ކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ސޮސީޑާޑްގެ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގް މެޗު އޮޔާޒަބެލް އާއި އޮޑެގާޑްގެ ލަނޑުން ލަރެއާލް މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.

ކޮޕަޑެލްރޭގެ ތަށި ތިން ވަނަ ފަހަރަށް ހޯދުމަށް، ފައިނަލްގައި ސޮސީޑާޑްއާ ދެކޮޅަށް ނުކުންނާނީ އެތުލެޓިކް ކުލަބު ބިލްބާއޯ ނުވަތަ ގްރަނާޑާގެ ތެރެއިން ޓީމެކެވެ. އެ ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗު މިރޭ އޮންނާނެ އެވެ. ފުރަތަމަ ލެގް މެޗު ބިލްބާއޯ އަމިއްލަ ދަނޑުގައި ކުޅެ ކާމިޔާބު ހޯދީ 1-0 ންނެވެ.