ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކޮށްފި

އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އިޓަލީ އަކީ ޗައިނާ ފިޔަވައި ކޮވިޑް-19 ވައިރަސް ފެތުރިގެން އެންމެ ގިނަ އަދަކަށް މީހުން މަރުވި އެއް ގައުމެވެ. މިހާތަނަށް އިޓަލީން މި ބަލި ޖެހިގެން 107 މީހުން ވަނީ މަރުވެފަ އެވެ. އަދި 3000 އަޢްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ.

ބަލި ފެތުރޭތީ އިޓަލީގެ ސްކޫލްތަށް ވަނީ ބަންދުކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން 3000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 95000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިފަ އެވެ.