އަލީ އަޝްފާގު (ދަގަނޑޭ)

ޗައިނާ މެޗުގައި ދަގަނޑޭ ނުކުޅޭނެ

Sep 7, 2015
1

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ގައުމީ ޓީމަށް ނުކުޅެން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ.

މިދިޔަ އަހަރުން ފެށިގެން މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ ދަގަނޑޭ ގައުމީ ޓީމަށް ނުކުޅެން ނިންމީ ކީއްވެކަން ވަނީ ސާފުވާގޮތްނުވެފަ އެވެ. މިކަމުގައި އެފްއޭއެމުން ވެސް ވަކިއެއްޗެއް ނުބުނެ އެވެ.

މެލޭޝިޔާ ލީގު ނިމުމުން އޭނާ މާލެ އައީ މިދިޔަ ހަފުތާގަ އެވެ. އަދި ގައުމީ ޓީމު ޗައިނާ މެޗަށް ތައްޔާރުވުމަށް ފިލިޕީންސްގައި ކޭމްޕްކުރި އިރު ދަގަނޑޭ މާލޭގައި މަޑުކުރީ އޭނާގެ އަމިއްލަ ބައެއް ކަންތައްތައް ނިންމާލުމަށެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ޕިލިޕީންސް އަތުން ރާއްޖެ ބަލިވި މެޗުގެ ކުރިން ދަގަނޑޭ ޓީމާ ގުޅެން ހަމަޖެހިފައިވީ ނަމަވެސް ފިލިޕީންސަށް ނުގޮސް އޭނާ މަޑުކުރީ އެވެ.