ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިޓަލީން އައި މީހާ ނެގަޓިވް، ޝައްކުވާ އެހެން މީހަކު އެކަހެރިކޮށްފި

Mar 6, 2020

އިޓަލީން މިއަދު އައި ދިވެހި މީހާ، ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމުން އޭނާ އެ ވައިރަހަށް ނެގަޓިވް ކަމަށް ދައްކައިފި އެވެ.

މިއަދު އޭނާ ކަރަންޓީނު ކުރި އެވެ. އެކަން ކުރީ އިޓަލީގައި މިހާރު ކޮރޯނާ ވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާތީ އާއި އޭނާ އިޓަލީން އައި ފަހުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށް ރިޕޯޓްކޮށްފައިވާތީ އެވެ.

ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވްކޮށް އައުމުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހެލްތް މިނިސްޓްރީއިން މިރޭ ބުނި ގޮތުގައި އިތުރު ދިވެއްސެއް މިއަދު ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭނާ ވެސް ކަރަންޓީނުކުރި ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމަތްތަކެއް އޭނާގެ ގައިން ފެނިގެންނެވެ.

އޭނާ ވެސް ކޮރޯނާ ވައިރަހަށް ވަނީ ޓެސްޓް ކޮށްފަ އެވެ. ނަމަވެސް އޭގެ ނަތީޖާ އަދި ނުލިބެ އެވެ. މިހާރު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވެ އެވެ.

މިހާރު ކަރަންޓީނު ކޮށްފައިވާ މީހާއަކީ ކޮން ގައުމަކުން އައި މީހެއް ކަމެއް ފަދަ މައުލޫމާތުތަކެއް އަދި މިނިސްޓްރީއިން ހާމައެއް ނުކުރެ އެވެ.