ވިޔަފާރި

ގޭމްގެ ރައީސަކަށް ނާސިހު

Mar 8, 2020
2

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އާ ރައީސްގެ މަގާމަށް، ޔޫއައި ހޮޓެލްސްގެ ވެރިޔާ، މޫސާ ނާސިހު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތައް ތަމްސީލް ކުރާ ޖަމިއްޔާ، ގޭމް އިން ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި ރައީސްގެ މަގާމަށް ނާސިހު ހޮވާފައި އޭނާއާ ވާދަ ކުރަން ނުކުތް ފަރާތާ ވާދަކޮށްގެންނެވެ. ނާސިހު އާ ދެން ވާދަ ކުރެއްވީ ޝާޒް ވަލީދު (ރިސޯޓް ލައިފްގެ ވެރިޔާ) އެވެ.

ގޭމްގެ ރައީސްގެ އިތުރުން އެ ޖަމިއްޔާގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން ހޮވާފައި ވެއެވެ.

  • ނައިބް ރައީސް: މުހައްމަދު އިމްތިޔާޒު (ވައިޓް ލެގޫން، ނ. ފެހެންދޫ)
  • ނައިބް ރައީސް: އަބްދުﷲ ސަމީހު އިސްމާއިލް (ގުންބަރު، އއ. އުކުޅަސް)
  • ފައިނޭންޝަލް ކޮންޓްރޯލާ: ހަސަން މަނިކު ( ކޮކްނަޓް ޓްރީ ހުޅިމާލެ)
  • ސެކްޓެރެރީ ޖެނެރަލް: ސައުދުﷲ އަހުމަދު ހަސަން ދީދީ (ތްރީއިން ހުޅުމާލެ)
  • ކޯޕަރޭޓް އެފެއާޒް: މުހައްމަދު ވާފިރު (ސީސަން ހޮލިޑޭ، ކ. ހުޅުމާލެ)
  • ޕީއާރު އެންޑް މާކެޓިން: މުހައްމަދު ޔާމީން (ފަންހާ ގެސްޓްހައުސް، ހއ. ހަނިމާދޫ)

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތް، އޭޖީއެމްގައި ގޭމްގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ފާސް ކުރުން ވެސް އޮތެވެ.

ގޭމްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު ކަރަމް އެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އެ ޖަމިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދަން ހިދުމަތް ކުރެއްވުމަށްފަހު އެވެ.