ހަބަރު

ޖުމެއިރާ ކައިރިން ކިނބުލެއް ފެނިއްޖެ

Mar 9, 2020
1

ކ. އަތޮޅު ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ގޮނޑުދޮށުން ހަތަރު ފޫޓްގެ ކިނބުލެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އެ ކިނބޫ ފެނިގެން ރިޕޯޓް ސިފައިންނަށް ލިބިފައިވާ ކަމަށެވެ.

ކިނބޫ ފެނިފައިވަނީ ރިސޯޓްގެ ގޮނޑުދޮށުގައި އޮތްވައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މީހަކަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ކިނބުލާ 15 ފޫޓާ ކައިރިވިތަނާ ކިނބޫ މޫދަށް ފައިބައިގެން ދިޔަ ކަމަށް އެ ރިސޯޓްގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވައިކަރަދޫއިން ވެސް ކިނބުލެއް ފެނުނެވެ. އެ ކިނބޫ އޮތީ މަރުވެފަ އެވެ.