އަލްހާން ފަހުމީ

އިންތިޚާބު ފަސް ކުރަން ޕާޓީތަކާ މަޝްވަރާ ކުރާކަށް ނުޖެހޭ: އަލްހާން

Mar 10, 2020
އަލްހާން ފަހުމީ: އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ޕާޓީ ތަކާ މަޝްވަރާ ކުރަން ނުޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަވަސް
0%
0%
0%

ލޯކަލް އިންތިޚާބު ފަސް ކުރުމަކީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ބައެއް ފަރާތްކުން އިންތިހާބު ފަސް ކުރުމަށް ހިޔާލު ފާޅު ކުރަމުންދާއިރު އަނެއް ބައި ފަރާތްތަކުން ހިޔާލު ފާޅު ކުރަމުން ދަނީ ފަސް ކުރުމަކާ ނުލައި އިންތިހާބު ކުރިޔަށް ގެންދިއުމަށެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމާއި ނުކުރުމުގެ ބަހުސެއް އުފެދިފައިވާއިރު ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް އަލްހާން ފަހުމީ ވިދާޅުވެފައި ވަނީ އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށައި އެ ކޮމިޝަނުން އިންތިހާބު ފަސް ކުރަން ނިންމާ ނިންމުމެއްވެސް އަދި ކުރިޔަށް ގެންދަން ނިންމާ ނިންމުވެސް އެއީ ޕާޓީތަކާ މަޝްވަރާ ކޮށްގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910