އިލެކްޝަންސް ކޮމިޝަން

ހަތަރު ރަށެއްގެ ބައި-އިލެކްޝަން ހޮނިހިރު ދުވަހު

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި މީހަކު ވޯޓުލަނީ: ހޮނިހިރު ދުވަހު ހަތަރު ބައި-އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވޭ: ފޮޓޯ އަވަސް
0%
0%
0%

އަންނަ ހޮނިހިރު ދުވަހު ހަތަރު ރަށެއްގައި ބައި-އިލެކްޝަން ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ ށ. މާއުނގޫދޫގައި ކައުންސިލް މެންބަރެއް ހޮވުމަށާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހޮވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ ހަތަރު ރަށުގެ ބައި-އިލެކްޝަނަށް ޖުމްލަ 3،792 ވޯޓު ކަރުދާސް ވަނީ ޕްރިންޓްކޮށްފަ އެވެ.

ވޯޓު ކަރުދާސް ޕްރިންޓްކުރި އަދަދު

  • ށ. މާއުނގޫދޫ - 827 ވޯޓު ކަރުދާސް
  • ރ. ރަސްމާދޫ - 660 ވޯޓު ކަރުދާސް
  • ތ. ގުރައިދޫ - 1،546 - ވޯޓު ކަރުދާސް
  • ލ. ދަނބިދޫ - 759 ވޯޓު ކަރުދާސް

އަންނަ މަހުގެ 22 ވަނަ ދުވަހު ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.

އެ ދުވަހު ހއ. ހޯރަފުށި އަދި ވ. ފެލިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުމަށް ވެސް ކުރިން ނިންމި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ ދެ ބައި-އިލެކްޝަންގެ މެންބަރު ކަމަށް ކުރިމަތިލާފައިވަނި އިންތިހާބު ކުރަންޖެހޭ އަދަދަށެވެ. އެހެންކަމުން ހއ. ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޯޓަކާ ނުލައި އިންތިހާބުވެފައިވަނީ ޕީޕީއެމްގެ މަހުދިއްޔާ އަބްދުއްސަމަދެވެ. ވ. ފެލިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޯޓަކާ ނުލައި އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ނޫރުޝިދާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910