ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ވައިރަހަށް ޕޮޒެޓިވް

ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ، ކޮވިޑް 19 އަށް ޓެސްޓް ކުރުމުން އޭނާ ޕޮޒެޓިވް ވެފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ޔުވެންޓަސްއިން ބުނީ، މިހާރު ރުގާނީ އެކަހެރި ކޮށްފައިވާ ކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އިންޓަ މިލާން އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑްގައިވެސް ހިމެނި ރުގާނީ ވައިރަހަށް ޕޮޒެޓިވް ވުމުން ޔުވެންޓަސް ވަނީ އެ ކުލަބުގެ ޓްރެއިނިންތައް ސަސްޕެންޑް ކޮށްފައެވެ.

ޔުވެންޓަސްގެ ކެޕްޓަން ޖޯރުޖޯ ކިއަލީނީ، ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި ވަގުތަކީ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ ވަގުތު ކަމަށެވެ.

ރުގާނީގެ ޓެސްޓްތައް ޕޮޒެޓިވްވިކަން އިއުލާން ކުރުމުން، ވާދަވެރި އިންޓަ މިލާންއިން ވެސް ވަނީ އެ ކުލަބުގެ ހުރިހާ ހަރަކާތްތަކެއް ކެންސަލް ކޮށްފަ އެވެ. ޔޫރޮޕާ ލީގްގައި މިރޭ އިންޓަ އާއި ގެޓާފޭ ކުޅެން ހަމަޖެހިފައިވާ މެޗުވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މެޗު ފަސް ކުރަން ޖެހުނީ، ގެޓާފޭގެ ކުޅުންތެރިން މިލާނަށް ދަތުރު ދަތުރު ނުކުރާނެ ކަމަށް އެ ކުލަބުގެ ރައީސް އޭންހަލް ޓޯރޭޒް ވިދާޅުވެފައި ވުމުންނެވެ.