ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަން އެކުއާއިން ޝައްކުވި މީހާ ނެގެޓިވް

Mar 12, 2020

ސަން އެކުއާ އިރު ވެލި ރިސޯޓުން ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތައް ފެނުނު ބިދޭސީ މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައި އޭނާ އެކަހެރިކުރީ މިއަދު އެވެ. އޭނާގެ ފުރަތަމަ ނަތީޖާ ނެގަޓިވް ނަމަވެސް އަދި އިތުރު ޓެސްޓެއް ހެދުމަށް އޭނާ އަދިވެސް ހުރީ އެކަހެރިކޮށްފަ އެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.