ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގެ ޓީމު މިނިސްޓަރާ ބައްދަލުކޮށްފި

އިންޑިއާއިން ރާއްޖެއަށް އައިސް އުޅޭ ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ ޓީމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ބައްދަލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިއާގެ ޑޮކްޓަރުންގެ ޓީމުން ފޯރުކޮށްދޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ޓީމުގައި ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާސި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުން ވެސް ހިމެނެ އެވެ.