އެޑްވަޓޯރިއަލް

ރޭޑިއޭޓަރު ފެކްޓްރީ: އިތުބާރާ ޔަގީން ކަމާއެކު!

Mar 17, 2020

އިންޖީނެއް ނޫނީ ޖަނަރޭޓަރެއް ފިނި ކުރަން އެންމެ މުހިންމު އެއް ސްޕެއާއަކީ ރޭޑިއޭޓަރެވެ. ރާއްޖެ ފަދަ ހޫނު ގައުމެއްގައި އިންޖީނުތަކުގެ ރޭޑިއޭޓަރުތަކަށް މައްސަލަ ދިމާވުމަކީ އާއްމު ކަމެކެވެ. އެހެންވެ، ރޭޑިއޭޓާ ހަދަން ގިނަ ބަޔަކު އަބަދު ވެސް ބޭނުންވެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު "ރޭޑިއޭޓާ ފެކްޓްރީ ޕްރައިވެޓް ލިމިޓެޑް" އިން މި ހިދުމަތް ފެށީ އެހެންވެ އެވެ. މިއަދު އެ ކުންފުންޏަކީ ކަސްޓަމަރުންގެ އިތުބާރު ލިބިގެން މި ހިދުމަތް ފުޅާކޮށް ކުރާ ކުންފުންޏެކެވެ.

"ރޭޑިއޭޓަރެއް ބާ ވިޔަސް އަޅުގަނޑުމެންނަށް އާ ކޮށްލައި ދެވިދާނެ. ކޮންމެހެން ނުޖެހޭނެ ބޭރުން މި ގެންނާކަށް. އަޅުގަނޑުމެން އެއް އަހަރުގެ ވޮރަންޓީއާއެކު އެތެރޭގައި އިންނަ ކޯ ބަދަލު ކޮށްދޭނެ،" ރޭޑިއޭޓަރު ފެކްޓްރީގެ ވެރިޔާ ހުސެއިން ނިޒާމް ވިދާޅުވި އެވެ.

ނިޒާމް ވިދާޅުވީ ރޭޑިއޭޓަރު ހެދުމާއި މަރާމާތު ކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ވަރަށް ބޮޑު ޑިމާންޑެއް އޮތް މަސައްކަތަކެއް ކަމަށެވެ.

"ކޮންމެ ރިސޯޓެއްގައި ވެސް އެބަހުރޭ ޕަވާ ހައުސްއެއް. އެއިން ކޮންމެ ތަނެއްގައި ފަހެއް ނޫނީ ހަ އިންޖީނު އެބަހުރޭ."

ތައިލެންޑުގެ ފެކްޓްރީއާ ގުޅިފައި

ރޭޑިއޭޓަރު ފެކްޓްރީން މަސައްކަތް ކުރަނީ ތައިލެންޑުުގެ ފެކްޓްރީއަކާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެން ދާ ބޮޑު ހިތްހަމަ ޖެހުމެކެވެ. ރޭޑިއޭޓަރު ފެކްޓަރީ އިން އެންމެ ކުދި ވެހިކަލުން ފެށިގެން ބޮޑެތި ޖަނަރޭޓަރު ސެޓުތަކުގެ ރޭޑިއޭޓަރު މަރާމާތު ކުރުމުގެ ހިދުމަތް ވެސް ދެ އެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި އަމިއްލަ ކުންފުނި ތަކުން ވެސް މި ހިދުމަތް ހޯދަ އެވެ. ހުޅުމާލެއަށް މިހާރު ކަރަންޓު ދޭ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަރުކޮށް ދިނީ ވެސް އެ ކުންފުނިންނެވެ.

"ސްޓެލްކޯގެ ހަ މެގަވޮޓްގެ ޖަނަރޭޓަރުތަކުން ފެށިގެން އެންމެ ކުދި ޕިކަޕްތަކާއި ކާރުތަކުގެ ރޭޑިއޭޓަރު ވެސް ހަދައިދެން. ކޮންމެ ދުވަހަކު ވެސް ދެތިން އެތި އަންނާނެ. ބައެއް މީހުން ބޭނުންވާނެ ކުޑަކޮށް ރިޕެއާ ކޮށްލައިގެން ނަމަވެސް ދުއްވަން. ބައެއް ފަހަރު އެ ޕްރޮޑަކްޓެއް އިންނަ ގޮތަށް ފެބްރިކޭޓް ކޮށްދޭން. އަޅުގަނޑުމެން ފެބްރިކޭޓް ކޮށްދޭ އެއްޗެއް ނަމަ އެއް އަހަރުގެ ވޮރަންޓީ ވެސް ދެން،" ނިޒާމް ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އިތުބާރު

ރޭޑިއޭޓާ ފެކްޓަރީގެ އެންމެ ބޮޑު އުފަލަކީ ކަސްޓަމަރުންގެ އިތުބާރެވެ. އެ ކުންފުނިން ހަދައިގެން ގެންދާ ރޭޑިއޭޓަރަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ އިތުބާރަކީ އެމީހުންނަށް ލިބިފައިވާ އެންމެ ބޮޑު ޔަގީން ކަމަށް ވެސް ވެފައި ވެއެވެ.

"މިހާތަނަށް އެޅުވި އެއްވެސް އެއްޗެއްގެ އިޝޫއެއް ނާދެ. އެއް އަހަރު ތެރޭގައި ފިޒިކަލް ޑެމޭޖެއް ނުވާނަމަ ވޮރަންޓީ ވެސް ލިބޭނެ،" ނިޒާމް ވިދާޅުވި އެވެ.

އުންމީދަކީ ފެކްޓްރީއެއް އެޅުން

ރޭޑިއޭޓާ ފެކްޓްރީގައި މިހާރު ހަ މީހުން މަސައްކަތް ކުރެ އެވެ. ނަމަވެސް މުސްތަގުބަލުގައި އެ ކުންފުނީގެ ޕްލޭނަކީ މި މަސައްކަތް ފުޅާކޮށް ރާއްޖޭގައި ފެކްޓްރީއެއް އެޅުމެވެ. ކުންފުނީގެ އަމާޒު ހުރީ އެ މަގަށެވެ.

"މިހާރު ހުންނާނެ ބައެއް މެޝިނަރީ ވެސް ގެނެސްފައި. މަޑުމަޑުން ބައިތައް ގެންނަމުން މިދަނީ. ޓާގެޓަކީ ކަސްޓަމަރުން ބުނަންވީ މިވެނި ވަރެއްގެ ކޯއެކޭ ބޭނުން ވަނީ އެ ސައިޒަށް އުފެއްދުން ޓާގެޓްއަކީ،" ނިޒާމް ވިދާޅުވި އެވެ.

ރޭޑިއޭޓާ ފެކްޓްރީން ކަސްޓަމަރުންނަށް ދޭ މެސެޖަކީ ކަސްޓަމަރުން ބޭނުންވާ ކޮލެޓީ ރޭޑިއޭޓަރު ތައްޔާރު ކޮށްދޭނެ ކަމުގެ ޔަގީން އޮތް ކަމެވެ.