ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރެޑްވޭވް މެގަ މޯލަށް ކަސްޓަމަރުން ވަންނަ އިރު ޓެމްޕަރޭޗާ ބަލާފައި ވައްދަން ފަށައިފި އެވެ.
ރެޑްވޭގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން މިވަގުތު އެންމެ ބޮޑަށް އިސްކަން ދެނީ ކަސްޓަމަރުންގެ ސަލާމަތަށް ކަމަށާއި އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރެޑްވޭވުން ވަނީ ހިލޭ މާސްކް ވެސް ބަހާފަ އެވެ. އެ ކުންފުނިން އެ ދުވަހު 20،000 މާސްކް ބަހާފައިވެ އެވެ.
ރެޑްވޭވުން ބުނީ އެ ކުންފުނިން އެއްވެސް މުދަލެއްގެ އަގު ބޮޑު ކޮށްފައި ނުވާނެ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ކުރި އަށް އޮތް ރޯދަ މަހު ރައްޔިތުންނަށް ބޭނުންވާނެ މުހިންމު ބާވަތްތައް އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސަން ކަމަށެވެ.
ރެޑްވޭވް އިން ރާއްޖޭގައި 11 ފިހާރައެއް ހިންގަ އެވެ.