ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ފިހާރަ "ރެޑްވޭވް މެގަ މޯލް" ހުޅުވަނީ

Aug 13, 2018

ރާއްޖޭގެ އެންމެ ބޮޑު ފިހާރައިގެ ގޮތުގައި "ރެޑްވޭވް މެގަ މޯލް" ހުޅުމާލޭގައި ބުރާސްފަތި ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ރެޑްވޭވްގެ ކުންފުނީގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ ގާތްގަނޑަކަށް 8،000 އަކަ މީޓަރުގެ ބޮޑު ހަތަރު ފްލޯ ހުންނަ މި ފިހާރަ ވެގެންދާނީ ސާކު ސަރަހައްދުގައިވެސް ފާހަގަ ކޮށްލެވޭ ބޮޑު ތަނަކަށް ކަމަށެވެ.

"ފަރުނީޗަރު ވެސް 60 ވައްތަރު މިތަނުގައި ލިބެން ހުންނާނެ. އާއްމުކޮށް ފިހާރައެއްގައިި މި ލިބެން ހުންނަނީ ހަ ވައްތަރު ވަރު،" އަލީ ވިދާޅުވި އެވެ.

ކަރަންޓު ސިޑި އާއި ލިފްޓް ހަރުކޮށްފައިވާ މި ފިހާރައިން 100،000 އަށްވުރެ ގިނަ ވައްތަރުގެ މުދާ ލިބެން ހުންނާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"މިއީ ހުޅުމާލޭގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނަށްވެސް ފަސޭހަ ވެެގެންދާނެ ކަމެއް ވިޔަފާރިކޮށްލައި ހަދަން،" އަލީ ވިދާޅުވި އެވެ.

ރެޑްވޭވްއިން ބޮޑު ފިހާރައެއް ހުޅުވަން ތައްޔާރުވާއިރު މިހާރުވެސް ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10،000 އަކަ މީޓަރުގެ ބޮޑު ފިހާރައެއް ދަނީ ހިންގަމުންނެވެ.

ރެޑްވޭވުން ހުޅުވާ އާ ފިހާރައާއެކު އެ ކުންފުނީގެ ފިހާރަތަކުގެ އަދަދު 11 އަށް އަރާނެ އެވެ. ރެޑްވޭވްއިން ދަނީ މާލޭގައި ބޮޑު ފަރުނީޗަރު ފިހާރައެއްވެސް ހިންގަމުންނެވެ.