ކުޅިވަރު

ކޮޕާ އެމެރިކާވެސް އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރު ޖޫން ޖުލައި، އާޖެންޓީނާގައި ބާއްވާ ހަމަޖެހިފައި އޮތް ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އަންނަ އަހަރަށް ފަސް ކޮށްފި އެވެ.

ޔޫއެފާއިން ވަނީ، އަންނަ އަހަރަށް ޔޫރޯވެސް ފަސް ކޮށްފަ އެވެ. ކުރިން އޮތް ގޮތުން މިއަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ފަށަން ހަމަޖެހިފައި ވަނީ ޔޫރޯ ފަށާ ދުވަހުގަ އެވެ. އެއީ ޖޫން 12 އިން ޖުލައި 12 އަށެވެ.

މިހާރު ގެނައި ބަދަލާއެކު ކޮޕާ އެމެެރިކާ އޮންނާނީ އަންނަ އަހަރުގެ ޖޫން މަހު 11 އިން ޖުލައި 11 އަށެވެ. ޔޫރޯވެސް އަންނަ އަހަރު އޮންނާނީ އެ ތާރީހްގަ އެވެ.