ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް އަމީރު

މުވައްޒަފުނަށް މުސާރަ ދޭން ދައްޗެއް ނެތް: މިނިސްޓަރު

ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށާއި ބަރާބަރަށް މުސާރަ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވައި ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށާއި މުވައްޒަފުންނަށް ދޭ އޯޓީ އާއި އިނާޔަތް ދިނުމުގައި ވެސް ހުރަހެއް ނެތް ކަމަށެވެ.

"މުސާރަ ދިނުމުގައި އެއްވެސް މައްސަލައެއް ނެތް،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރު އޮފީސްތައް މިމަހުގެ 19 އިން 26 އަށް ބަންދު ކުރަން ވަނީ ނިންމާފަ އެވެ. އެ ނިންމުމާ ގުޅިގެން މުސާރަ ތައްޔާރު ކުރުމުގައި ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމާ ބެހޭ ގޮތުން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ކުރިއަށް އޮތް ހަފުތާ ސަރުކާރު ބަންދު ވާނެތީ، ސަރުކާރުގެ ހުރިހާ އޮފީސް ތަކުން ވެސް މުސާރަ ދިނުމަށް ބޭނުން ވާނެ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާނީ އީ-މެއިލުން ކަމަށެވެ.

ފިނޭންސުން ބުނެފައިވާ ގޮތުގައި މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޯޓީ އާއި މުސާރަ އާއި އިނާޔަތް ތަކުން އުނިކުރާ ގަޑީ ފައިސާއަށް އުނި އިތުރު ގެންނާނީ އެ މިނިސްޓްރީންނެވެ. އަދި ޕެންޝަންނަށް ކަނޑާ ފައިސާގެ ތަފުސީލާއި މައުލޫމާތު ޕެންޝަން އޮފީހުގެ ޕޯޓަލްއަށް އަޕްލޯޑް ކުރާނެ އެވެ.

ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރަ އިން 20 ޕަސެންޓް އުނިކުރަން ނިންމާފަ އެވެ.

ޗައިނާ އިން އުފަންވި ކޮވިޑް-19 އިގެ ބަލާމުސީބާތުން އެންމެ ބޮޑު ގެއްލުމެއް އިގްތިސޯދީ ގޮތުންވާނެ އެއް ގައުމަކީ ރާއްޖެ އެވެ.