ހަބަރު

މަމެން ކަސްޓަމަރުންނަށް ޑޭޓާ އެޑް-އޮންތަކުން %50 ޑިސްކައުންޓް

ދިރާގުގެ މަމެން ކަސްޓަމަރުން މި މަހު ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނީ 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދީފައިއެވެ. އަދި ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް 30 ޕަސެންޓް އިތުރު ޑޭޓާ ވަނީ މިހާރު ދީފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން 30 ޕަސެންޓް ޑިސްކައުންޓް ވަނީ ދީފަ އެވެ. މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލްއިން 25 ޕަސެންޓް ޑިސްކައުންޓް ދޭން ދިރާގުން ވަނީ ނިންމާފަ އެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަަމަށެވެ. މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމާ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.