ހަބަރު

ފަސް މީހުންނާއެކު މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަނީ

ފަސް މީހުންނާއެކު މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފަރު މަސްވެރިކަން ކުރަންއުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރު ކަމަށެވެ. މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު 09:50 ހާއިރު ވ. އަތޮޅު ތެރޭގައި އޮތްވާ ކަމަށް ވެއެވެ.

މިދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައިރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށްވެސް ކޯސްޓްގާޑުން ބުނެއެވެ.

މި ދޯންޏާ ބެހޭ މައުލޫމާތެއް ލިބޭތޯ ބެލުމަށާއި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.