ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރެއާލް މެޑްރިޑް

ރެއާލްގެ ކުރީގެ ރައީސްގެ ހާލު ބޮޑުވެއްޖެ

ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި، ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސެންޒްގެ ހާލު އިތުރަށް ގޯސް ވެއްޖެ އެވެ.

ސެންޒްގެ އާއިލާއިން ބުނީ، ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވް ވީ، މީގެ ދުވަސްކޮޅެއް ކުރިން ޖެހުނު ހުމުގެ ރޯގާއަކުން ރަނގަޅު ނުވަނީސް ކަމަށެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ކަމަށެވެ.

ސެންޒް، 76 ވަނީ 1998 އަށް 2000 ވަނަ އަހަރަށް ރެއާލް މެޑްރިޑްގެ ރައީސްކަން ކުރައްވާފަ އެވެ. އޭނާގެ ޗެއާމަންޝިޕްގައި ރެއާލް އިން ވަނީ އެ ޓީމުގެ ތާރީހްގައި ހަތް ވަނަ އަދި އަށްވަނަ ޗެމްޕިއަންސް ލީގް 1998 އަދި 2000 ވަނަ ކާމިޔާބު ކޮށްފަ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ސެންޒް ވަނީ، 1985 ން 1995 ށް ރެއާލްގެ ޑައިރެކްޓަރުކަން ކުރައްވާފަ އެވެ. ދެ ވަނަ ދައުރަކަށް ރެއާލްގެ ރައީސް ކަމަށް 2000 ވަނަ އަހަރު އޭނާ ވާދަ ކުރެއްވި ނަމަވެސް، އިންތިހާބުގައި އޭނާއަށް ނާކާމިޔާބުވީ، އެ ކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާ ވާދަ ކޮށްގެންނެވެ.

ސެންޒްގެ ހާލު ގޯސް ވުމުން، ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެކުލަބު ސަޕޯޓަރުންނާއި ކުޅުންތެރިންނާއި މެނޭޖުމެންޓްގެ ފަރާތުން ސެންޒްއަށް ހެޔޮ އެދުންތަކަށް އެދޭ ކަމަށެވެ.