ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސާކް ރިލީފް ފަންޑަށް ރާއްޖޭން 200،000 ޑޮލަރު

Mar 21, 2020

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން ކުރާ މަސައްކަތަށް އިންޑިއާއިން ހުށަހެޅި އެމެޖަންސީ ރިލީފް ފަންޑަށް ރާއްޖޭން 200،000 އެމެރިކާ ޑޮލަރު ދޭން ނިންމައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސް ނެންގެވުމަކަށް އުފައްދަން ސާކްގެއަށް ގައުމުގެ ވެރިން މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި ފަންޑަށް އިންޑިއާ އިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވީ، ސާކް ގައުމުތަކުގެ މެދުގައި އުފައްދަން މޯދީ ހުށަހެޅުއްވި ފަންޑަށް ރާއްޖޭން 200،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށެވެ.

ކުރިން މޯދީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ސާކު ގައުމުތަކުގެ މެދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދި ހިފެހެއްޓިފައި އޮތް ނަމަވެސް، އެ ބަލި ފެތުރިގެންދާނެ ހާލަތަކަށް ދުރާލައި ތައްޔާރުވާންޖެހެ އެވެ.

އެގޮތުން، އެމަޖެންސީ ފަންޑެއް އުފެއްދުމުގެ އިތުރުން، މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ސާކް ގައުމުތަކުގެ މެދުގައި މެޑިކަލް ރެސްޕޮންސް ޓީމެއް ތަމްރީނު ކުރަން ޖެހޭނެ އެވެ.