ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަރުމަން

ކުދި ކުލަބުތައް ނެތިގެން ހިނގައިދާނެކަމުގެ ބިރު

މިހާރު މުޅި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ، ކޮވިޑް-19 އިގެ ސަބަބުން ގައުމުތައް ހުއްޓިއްޖެ އެވެ. އިގްތިސޯދީ ގޮތުން ކުރިމަތިވެދާނެ ދަތި ހަލަތުގެ ވާހަކަތައް ސަރުކާރުތަކުން ހާމަ ކުރަމުންދެ އެވެ. ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ފަސްވެ އާ ތާރީހުތަކަކަށް އެ ހަރަކާތްތަކާއި މުބާރާތްތައް ތާވަލު ކޮށްފި އެވެ.

މުޅި ދުނިޔޭގެ ކުޅިވަރު ހުއްޓި ބޮޑެތި މުބާރާތްތައް ފަސްވެއްޖެ އެވެ. މުޅި ޔޫރަޕްގެ ފުޓްބޯޅަ އާއި ކުޅިވަރުގެ އެހެން މުބާރާތްތައް ހުރީ ހުއްޓިފަ އެވެ. އެތުލީޓުން ތިބީ ގޭގައި ތަޅު އެޅުވިފަ އެވެ. ބައެއް ކުލަބުތަކުގެ ޓްރޭނިން ސެންޓަރުތަކާއި ސްޓޭޑިއަމްތައް ހިލޭ ސާބަހަށް ދޫކޮށްލެވިފައި ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ބޭނުން ކުރެވޭ މަރުކަޒުތަކެއްގެ ގޮތުގަ އެވެ. މި ހާލަތުގެ ސަބަބުނުން ކުރިމަތި ވެދާނެ ގެއްލުން އަންދާޒާ ކޮށްލާއިރު، ބައެއް ކުދި ކުލަބުތައް ނެތި ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

"ބޮޑެތި ކުލަބުތަކަށް މީގެ އަސަރު އެހާ ބޮޑަށް ނުކޮށްފާނެ،" ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ވިދާޅުވި އެވެ. "ލީގް ހުއްޓާލުމުން މީގެ އެންމެ ބޮޑު ގެއްލުމެއް ވާނީ ކުދި ކުލަބުތަކަށް، އެ ކުލަބުތަކަކީ ލީގްގެ ސަބްސިޑީޒްއިން ލިބޭ ފައިސާއިން ހިންގާ ކުލަބުތަކެއް، އެއިން ކުލަބަކަށް އެންމެ ޕެނީއެއް މަދުވާން އަހަރެން ނޭދެން."

ޖަރުމަންގެ ފުޓްބޯލް ފެޑްރޭޝަނުންވެސް ވަނީ، ކޮވިޑް-19 ގެ މިހާލަތާ ގުޅިގެން ކުލަބުތަކަށް ކުރިމަތިވާނެ މަލީ ގެއްލުމުގެ ދިރާސާއެއް އެކުލަވާލާފަ އެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރީޖަނަލް ލީގްތަކުގައި ވާދަ ކުރާ ކުލަބުތަކަށެވެ.

"ޑީއެފްބީ [ޖަރުމަން ފުޓްބޯލް ފެޑްރޭޝަން] ވަނީ މިހާލަތުން އަރައިގަތުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަން ތައްޔާރުވެފަ،" ޑީއެފްބީގެ ރައީސް ފްރިޓްޒް ކެލާ ވިދާޅުވި އެވެ. "އަހަރެމެންނަށް ކުރެވޭނީ ކުޑަ އެންހެންނަމަވެސް ރަނގަޅު މިންވަރެއްގެ މަސއްކަތްތަކެއް، އޮގޮތުން މި ވަގުތު އަހަރެމެން މި މަސައްކަތް ކުރަނީ ރީޖަނަލް ލީގްގެ ކުލަބުތައް ސަލާމަތް ކުރުމަށް."

ޖަރުމަންގެ ފެޑްރޭޝަންގެ ހައިރާކީ ހަމަޖެހިފައިވާ ގޮތުން، އެ ފެޑްރޭޝަންގެ ރައީސްއަށް ސީދާ ކުލަބުތަކުގެ މައްސަލަތަކުގެ ތެރެއަށް ވަދެ އެކަންކަން ހައްލު ކުރުމުގެ ބާރެއް ނޯވެ އެވެ. ޔޫރަޕްގައި ލީގް އިންތިޒާމު ކުރާ ފަތާއި ފެޑްރޭޝަން އެއީ ވަކި ދެ އޮގަނައިޒޭޝަނެކެވެ.

ފްރިޓްޒް ކެލާ، ވިދާޅުވީ ކުދި ކުލަބުތަކަށް އެކަނި މިހާލަތު ކުރިމަތި ވާނެ ކަމަށް ވިސްނައގެން ތިބެވެން ނެތް ކަމަށެވެ.

"މީގެ ނުރައްކާ އޮތީ ކުދި ކުލަބުތަކަކަށް އެކަންޏެއް ނޫން، ބުންޑެސް ލީގާގެ ކުލަބުތަކަށްވެސް މީގެ އަސަރު ކުރާނެ، އެންމެ މަތީ ލީގުން ފެށިގެން ދަށް ޑިވިޝަންތަކަށްވެސް އަސަރު ކުރާނެ،" ކެލާ ވިދާޅުވި އެވެ. "އަހަރެމެން ބޭނުން ކުލަބުތަކުގެ 250،000 މީހުންގެ ވަޒީފާ ގެއްލުނަ ނުދީ ސަލާމަތް ކުރަން، އަދި ވޮލެންޓިއަރުންގެ މަސައްކަތްވެސް ސަލާމަތް ކުރަން ބޭނުން."

ބައެއް ގައުމުތަކުގައި ތިބީ، ލީގް ހުއްޓާލާ ގޮތަށެވެ. އެހެންނަމަވެސް ލީގް ހުއްޓާލުމުން ދެން ކުރިމަތިވާނެ މާލީ ގެއްލުންވެސް އެހާމެ ބޮޑެވެ. ލަލީގާއިން އަންދާޒާ ކުރާ ގޮތުގައި ލީގް ހުއްޓާލަފައިނަމަ އެ ލީގަށް 700 މިލިއަން ޔޫރޯގެ ގެއްލުން ކުރިމަތި ވާނެ އެވެ. އެއީ ކުލަބުތަކަށް ދޭ ސަބްސިޑީޒްގެ ތެރެއިން އުނިވާނެ ބޮޑު ޕަސަންޓެކެވެ.