ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާސިމް އިބްރާހިމް

ރަށްތައް ދިނީ ރައްޔިތުންގެ ސަލާމަތަށް: ގާސިމް

ވިލާ ގުރޫޕްގެ ބާނީ އަދި އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް | އަވަސް
20%
80%
0%

ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ދެ ރަށް ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކުރީ ދިވެހި ރައްޔިތުންނާ ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް ވިލާ ގުރޫޕްގެ ބާނީ އަދި އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ރަށްތަކުގެ ތެރެއިން ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓް ވަނީ ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައެވެ. މިވަގުތު ހަތް ރިސޯޓެއް ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައިވާއިރު ވިލާގެ ފަން އައިލެންޑަކީ މިގޮތަށް ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލު ކުރެވުނު ފުރަތަަ ރިސޯޓެވެ.

އދ އަތޮޅުގައި ހިންގަމުންދާ ހޮލިޑޭ އައިލެންޑް ރިސޯޓް ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކުރުމަށްފަހު ގާސިމް ވިދާޅުވީ އެ ނިންމުން ނިންމީ ކަރަންޓީ ފެސިލިޓީއަށް އިތުރު ތަންތަން ބޭނުންވާކަން ސަރުކާރުން ހާމަކުރުމާ ގުޅިގެން ކަމަށެވެ. ހޮލިޑޭ ސަރުކާރާ ހަވާލުކުރީ އެ ރިސޯޓްގައި ތިބި ފަތުރުވެރިން ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ބަދަލު ކުރުމަށްފަހުއެވެ.

ގާސިމް ވިދާޅުވީ ހޮލިޑޭގައި ހުރި ހުރިހާ ފެސިލިޓީއަކާ މުވައްޒިފުންވެސް ހިމެނޭގޮތަށް އެ ރަށް ކަރަންޓީ ފެސިލިޓީއަށް ބަދަލުކޮށްފައިވާއިރު އެއީ އޭގެ ބަދަލުގައި އިތުރު ޗާޖެއް ސަރުކާރުން ވިލާ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި ހޮލިޑޭގައި މިވަގުތު ހުރި ހުރިހާ ފެސިލީޓީއެއް ކަރަންޓީން ކުރާ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކުޑަބަނޑޮހާއި ހޮލިޑޭ، ދިއްގިރި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓްގެ އިތުރުން ވެލިދޫ، ވެލިވަރު އަދި ފަން އައިލެންޑް ރިސޯޓް އޮތީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި މި ރިސޯޓްތައް ދޫކޮށްފައިވަނީ ސަރުކާރުން އެއްވެސް ކުއްޔަށް ދައްކަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އެއީ އެ ރިސޯޓްތައް ހިންގާ ފަރާތްތަކުން ގައުމުގެ ހާލަތަށް ބެލުމަށްފަހު ސަރުކާރަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފަ އެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެ އެވެ. އެ އަދަދަށް ކޮޓަރި ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.

26 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަން

މި ހިޔަޅު ނުކުރާނެ ރައްޔަތުންނަށްޓަކާ ނޫނީ އެއްވެސް ކަމެއް. މުސާރަކޮޅު ދޭންވީމަ މިވަނީ ކިހިނެއް...

މަތީނު

ހެހެ ކާކަށް އޮޅުވާލަން.. ބަލަ ތިރަށްތަށްދިނީ ބޭންކު މެދުވެރިކޮށް ލޯނުދޭނެކަމަށް ސަރުކާރުން ބުނުމުން.. އެކަމަށް ޝަރުތުކޮށްފައި.. އަހަރުމެންނަށް އޮޅުވާލަން ނޫޅޭއްޗޭ ގާސިމޫ!

އުޅެބަލަ

ކޮވިޑް-19 އާ ގުޅުވައިގެން ވަޒީފާ އިން ވަކިކޮށް، މުސާރަ އުނިކުރާ ނަމަ ސަރުކާރަށް އަންގަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިނަމަވެސް އަންގައިގެން ވަކި ކިއެއްތޭ ސަރުކާރަށް ކުރެވޭނީ ވަޒީފާ ދޭ ފަރާތް ތަކުގެ އަތުގައި ނެތް އެއްޗެއް އެމެންނަށް ވެސް ނުދެވޭނެއޭ މީ އިގްތިސާދީ ކަންކަމޭ މީ ސިޔާސީ ކަންކަމެއް ނޫނޭ އިގްތިސާދީ ކަންކަމަކީ އެއީ ފައިސާ ޕްރިންސިޕްލް ރޯލް އަދާ ކުރާ އެއްޗަކަށްވާއިރު ރާއްޖެ އަށް ޑޮލަރު ވަންނާނެ ގޮތް ހުސްވަމުން ދާއިރު ޑޮލަރު ވައްދަން އުޅުން ނޫން ގޮތެއް ނެތޭ މީގައި މިހާރުން މިހާރަށް ޗައިނާ ނުވަތަ ޖަޕާން ނުވަތަ ސިންގަޕޯރ ފަދަ ގައުމުގެ މުއްސަނދި ކުންފުނި ތަކަށް މާލެ ސަރަހައްދުން ފަޅު ތަކެއް ސީރީސް އެއް ގޮތަށް ވިއްކަމުން ދާންވީއޭ ރައީސް އިބޫގެ ދައުރު ނިމެންދެން އެނޫން ނަމަ މިގައުމު ހޯދާ ނުފެންނަ ވަރަށް މިގައުމުގެ އިގްތިސާދު އަޑި އަޅާލާނެއޭ އެތަން މަމެންނަށް ވަރަށް ރީއްޗަށް ފެނިގެންދެއޭ ހެޔޮނުވާނެއޭ ސަރުކާރުން މިކަން ގަބޫލުކޮޮށް މިގައުމުގެ އިގްތިސާދު ސަލާމަތް ކުރަން އުޅޭށޭ

ކުރަންވީއޭ

ވަޒީފާއިން ވަކި ކުރާ މީހާ އެމީހާ ވަޒީފާއިން ވަކި ކުރާ ކަން ސަރުކާރަށް އެންގި ނަމަވެސް ސަރުކާރަށް އެ ފަދަ މީހަކަށް އަނބުރާ އެވަޒީފާ އެއް ނުހޯދާ ދެވޭނެއޭ އެއީ އިކޮނޮމިކް އިންޖީނު މަސައްކަތް ކުރާ ގޮތެއް ނޫނޭ އެގޮތަށް އެކަން ނުވާނެއޭ މީގައި ސަރުކާރުން ޖެހޭނީ ހަގީގަތް ގަބޫލުކޮށްގެން ރާއްޖޭން ބޭރުން މިގައުމުގެ ޚަޒާނާ އަށް މަހަކު މަދުވެގެން 200 މިލިއަން ޑޮލަރު ގެ ރޭޓުން 2 އަހަރު ދުވަސް ވަންދެން ޑޮލަރު ވައްދަން އެކަން ކުރެވޭނީ މާލެ ސަރަހައްދުގެ ފަޅުތައް ވިއްކައިގެން ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މިކަން ކުރަން ސަރުކާރުން ފަސް ޖެހެންވީ އެއްވެސް ސަބަބެއް ނެތޭ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް މިއިން ނުލިބޭނެއޭ އެއީ ޔަގީންވެ ކަށަވަރު ވާ ކަމެކޭ މާލެ ސަރަހައްދުގެ އެނބޫދޫ ފަޅު ހިއްކުމުން މިރާއްޖޭގެ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުލިބެއޭ ލިބުނީ ފައިދާއޭ ކަން މިހެން ހުރުމުން ރައީސް އިބޫ އެބަޖެހޭ ބޯލްޑް ޑިސިޝަންސް ތަކެއް މޭކް ކުރަން މިހާރުން ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކުރުމަށް ޓަކައި

ނުވާނެއޭ

ރައީސް އިބޫގެ ސަރުކާރަށް މިވާވަރަކީ ކޮންމެ ކަމެއް ވެސް އައިސް ފޫކޮޅުގައި ރޯވުމުންނޭ މިއިނގެނީ ދެން އެކަމެއް ވެއްޖެ ކަމަށް އެކަމަކު ރައީސް އޮފީހުގައި ޕީއެޗްޑީ އާއި މާސްޓަރސް އާއި ޑިގްރީ ހަދައިގެން ތިބި މީހުން ޕޮލިސީ ޑިޕާރޓްމެންޓެއް ހަަދައިގެން އެތަނަށް ބޮޑު ޚަރަދުކޮށް ގެން ހިންގާއިރު ކޮވިޑް 19 ފެނުނީ މިދިޔަ އަހަރު ޑިސެމްބަރު މަހު މީ މާރޗް 2020 އޭ ކަން ކުރަން ބަޔަކު އުޅުނު ނަމަ މިއަދު މިހާލަތަށް މިގައުމުގެ އިގްތިސާދު ނުދިޔައީސް ކަން ކަށަަވަރުވެ ޔަގީންވާ ކަމެކޭ މިކަން ނުވެއޭ ރައީސް އިބޫގެ ސަރުކާރަށް މިކަން ނުވެއޭ ރާއްޖޭގެ އިގްތިސާދު ފުނޑިގެން ދަނީއޭ ބޭރު ގައުމަކުން ބޮޑު އެހީގެ ޕެކޭޖެއް އިކޮނޮމިކް ރިކަވަރީ ޕެކޭޖެއްގެ ގޮތުގަިއ ނުގެނެސްފިނަމަ ރާއްޖެ ބަނޑަށް ޖެހި ޑޮލަރުގެ އަގު އުފުލިގެންދާނެއޭ ފިނޭންސް މިނިސްޓަރު ހަދަނީ ދޮގޭ ރާއްޖެ އަކު ނުހުންނާނެއޭ ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ޑޮލަރްއް ނުހުންނާނެއޭ ބޭރުން ޑޮލަރު ތަކެއް ގެނެސް އެމްއެމްއޭ އަށް ނުވައްދާނަމަ އެކަން ނުވާނެއޭ ނުވާނެއޭ

ހަވާލުކުރޭ

ކޮވިޑް-19 އާ ގުޅުވައިގެން ވަޒީފާ އިން ވަކިކޮށް، މުސާރަ އުނިކުރާ ނަމަ ސަރުކާރަށް އަންގަންޖެހޭ ކަމަށް ސަރުކާރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވާނަމަ ތަމެން ކެރިގެން ބުނަންވީ ނޫންތޭ ވަޓް އާރ ދަ ރެސްކިއު ފައިނޭންޝަލް ޕެކޭޖްސް ފޯރ ރިސޯރޓް އޯނަރސް ތަމެން ކެރިގެން ބުނަންވީ ނޫންތޭ ދެން މަޓީގެ ބައްދަލުވުން ތައް ފުލު ފުލުގައި ބާއްވާ މިކަމަށް އަދިވެސް ހައްލެއް ނުގެނެވެންވީ އެއީ ކިއެއްވެތޭ މަޓީގެ އެގްޒެކްޓިވް ބޯރޑަށް މިކަން ނުވާނަމަ ވާވަރު މީހުނާއި ތިޔާ ކަން ހަވާލު ކޮށްފައި މަޓީގެ އެގްޒެކްޓިވް ބޯރޑް ރާއްޖޭން ބޭރަށް ކަނޑާލަންވީއޭ...

ނިދަނީއޭ

ކޮވިޑް 19 އާއި ގުޅިގެން ރިސޯރޓްސް ތަކާއި އަދި އަމިއްލަ ކުންފުނި ތަކުގެ މުވައްޒަފުން ފީނި ފީންނަށް ވަޒީފާއިން ވަކި ކުރަމުން ގޮސް ގައުމުގެ އަން އެމްޕްލޯއިމެންޓް ރޭޓް %75 އަށް އެރުމުން އަދި ކިރިޔާ ސަރުކާރަށް އެކަން އެގިގެން މިބުނަނީ ވަޒީފާ އިން ވަކި ކުރާނަމަ އެކަން ސަރުކާރަށް އަންގާށޭ ބަަދަލުގައި ވަޒީފާ ދޭ ފަރާތް ތައް ރެސްކިއު ކުރުމަށް ޓަކައި އެމެންނަށް ސަރުކާރުން ކޮށްދެވޭނީ ކޮން ކަމެއް ކަން ސަރުކާރަށް ބުނެދޭން ނޭގުން މިސަރުކާރުގެ ޒިންމާދާރު ކަން ކުޑަ ކަމޭ މިއިން އެގިގެން ދަނީ ރައީސް އިބޫގެ ސަރުކާރަކީ އެއީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި ވެރިކަމަށް ފާވެގެން އުޅޭ ސަރުކާރެއް ކަމަށް އެއްްގޮތަކަށް ވެސް ނުފެނެއޭ ރައްޔިތުން ބަނޑަށް ޖެހެނީއޭ ކުއްޔަށް އުޅޭ މީހުންތައް ކުލި ނުދެއްކުމުން އެމެން ނަގާ މަގުމައްޗަށް އެއްލާލަނީއޭ ކުޑަ ކުދިންނާއި އެކު ސަރުކާރުން ހުޅުމާލެ ދޭއް ސުހައިލް ބަކް ކޮށްގެން އުޅޭ އިރު ވެސް އެކަމަަށް ވެސް ހައްލެއް ނުގެނެވެއޭ ރައްޔިތުން ހަނާވެ ހަފުސްވާއިރު ވެސް ސަރުކާރު

ހޯލްޑްއޮން

ރިސޯރޓްސް ތައް ހިންގާ ފަރާތް ތަކަށް އިނގޭ ސަރުކާރަށް ރިސޯރޓްސް ތަކުގެ ވިޔަފާރި ސަލާމަތް ކުރުމަށް ޓަކައި ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަން ސަބަބަކީ ސަރުކާރުގެ އަތުގައި ވަރުގަދަ ލިކްއިޑް އެސެޓެއް އޮތީއެއް ނޫނޭ ރައީސް އިބޫގެ ވެރިކަމުގެ އިންފެންޓް ސްޓޭޖް ގައި ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ރިޒާރވް ގައި ހުރި ލިކްއިޑް އެސެޓް ނަގާ އެމެން ޕާރޓީ އަށް ޚަރަދު ކުރި ކުންފުނި ތަކަށް ބަހާލީ ކޮންމެ ބަޔަކަށް 150 މިލިއަން ޑޮލަރުގެ ރޭޓުންނޭ އެހެން އޮޕްޝަންސް ތައް ވެސް ހުއްޓޭ އެގޮތުން ބަލާއިރު ބަދަލު ދިނުމަށް ޓަކައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި އެމެންނަށް މާލެ ސަރަހައްދުން ފަޅެއް 100 އަހަރަށް ކުއްޔަށް ދީ ކުލިން އެފައިސާ ކެނޑޭ ގޮތަށް ހެދިނަމަވެސް ދައުލަތުގެ ރިޒާރވް އަޑި ނާޅާނެ ނޫންތޭ އޮފް ކީޕިންގް ދިސް އިން ދަ ރައިޓް ޑިރެކްޝަން ޗޭންޖް ޔުއަރ ތޯޓްސް ދެން ޔޫ ޗޭންޖް ދިސް ކަންޓްރީ އަ ބެޓަރ ޕްލޭސް ހެއި ޔޯއް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ޑާންސް ޑާންސް ޑާންސް

އަސްލު ހަގީގަތް

މި މާބޮޑަށް މަމެންނަށް ވެގެން ކޮމެންޓްކުރާ ފަރާތާހެދި ބޮޑު އުނދަގުލެއް. އަހަރެން ހީކުރީ ތަންކޮޅެއް އޮށްޓަރުހުރި ވާހަކަތަކެއް ދައްކާނެކަމަށް.

ހޯލްޑްއޮން

ކޮވިޑް 19 އާއި ގުޅިގެން މުވައްޒަފުން ރާއްޖޭގެ އެންމެ މުއްސަނދި ބޮޑެތި މަހުޖަނުން ހިންގާ 8 ރިސޯރޓް މުވައްޒަފުން ކުއްލި އަކަށް ވަކި ކޮޮށްލާ އަދި އެރިސޯރޓްސް ތަކުގައި ބަންދު ބޯރޑް އެޅުވިއިރު މިރާއްޖޭގެ ޓޫރިޒަމް ކަންކަން ބަލަހައްޓަން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެެއީ ކިއެއްކުރާ މީހެއްތޭ އޭނާ ކުރީ ކޮން ކަމެއްތޭ މިރާއްޖޭގެ ޓޫރިޒަމް ސެކްޓަރ ރެސްކިއު ކުރުމަށް އޮފް ކީޕިންގް ދިސް އިން ދަ ރައިޓް ޑިރެކްޝަން އަ ޗޭންޖް ޓު ޓޫރިޒަމް މިނިސްޓަރ އިޒް އޮން ޕީވަން ލިސްޓް ހޭއް ޔޭއް ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ޑާންސް ޑާންސް ޑާންސް ޑާންސް....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345