ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޝަތު ނަހުލާ

މިނިސްޓަރު ނަހުލާއާ ގުޅޭ ތުހުމަތަށް ޖަވާބުދީފި

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ --
46.2%
15.4%
38.5%

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެކަމަނާގެ އާއިލާއާއެކު ރިސޯޓަކަށް ވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ޖަވާބުދާރީވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، އާއިލާއާއެކު ސަން އައިލެންޑް ރިސޯޓަށް ގޮސްފައިވަނީ އަންގާރަ ދުވަހު ކަމަށާ މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް ސަރުކާރުގެ އިސްވެރިންނަށްވެސް ފުރައިގެން ދެވިގެން ނުވާނެ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ އެކަމަނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނަށް އަދި އެނޫންވެސް ކަނޑައެޅޭ ހާއްސަ ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ޓެގް ޓީމުން ނިންމާފައިވާ ކަަމަށެވެ. އެ ނިންމުން ނިންމާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

މަބުރޫކް ވިދާޅުވީ ބޭރުގެ ރިސޯޓް އޯނަރުންނަށް އޮންނަ ހުއްދަ ރާއްޖޭގެ ރިސޯޓް އޯނަރުންނަށްވެސް އޮންނަ ކަމަށެވެ. ނަހުލާ، ފިރިކަލުންގެ ރިސޯޓަށް ވަޑައިގެންނެވީ އެ ހުއްދައިގެ ދަށުން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ނަމަވެސް ނަހުލާ، ސަން އައިލެންޑަށް ވަޑައިގެންނެވީ ކޮން ދުވަހަކު ކަމެއް ވިދާޅެއްނުވެއެވެ. މަބުރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާ އާއިލާގެ އިތުރު ބަޔަކާއެކު ރިސޯޓަށް ވަޑައިގަތީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ލިބިގެން ކަމަށެވެ.

"ޓެގްގެ ޑިޒިޝަނެއް ނެގިފައި އެބައޮތް. ތި ބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރިސޯޓްތަކުގެ އޯނަރުން ރާއްޖޭން ބޭރުން ރާއްޖެ ވަޑައިގެން އެ ރިސޯޓްތަކުގައި ކަރަންޓީން ވެގެން ތިބެވޭނެ ގޮތަށް ހެދުނު އުސޫލުގެ ތެރޭގައި ދިވެހި އޯނަރުންނަށްވެސް އެ ބޭފުުޅުންގެ ރިސޯޓްތަކުގައި ތިއްބެވިދާނެ ކަމަށް. އަދި ތިއްބަވާނަމަ ފޮލޯކުރަން ޖެހޭނީ އެއް އުސޫލެއް ކަމަށް ނިންމަވާފައި އޮތީ. މިކަމުގައި މިނިސްޓަރު ވަޑައިގެންނެވި ކަމަށް ރިސޯޓަށް، އަދި ވަޑައިގެންނެވީ ފަސް މީހުންނާެއެކު ހުއްދަ ލިބިގެން." މަބުރޫކް ވިދާޅުވިއެވެ.

ރިސޯޓްތަކުގެ އޯނަރުންނާއި ރިސޯޓްތަކުގެ އިންވެސްޓަރުން ރާއްޖެ އައިސް އަމިއްލަ ރިސޯޓްތަކުގައި ތިބެވޭނެ އިންތިޒާމް ހަމަޖެހުނު ނަމަވެސް އެ މީހުންނަށް ހިދުމަތް ދިނުމަށް ތިބެންޖެހޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ބައެކެވެ. އަދި އެމީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުގައި ބުނެފައިވަނީ މިނިސްޓަރު ނަހުލާ ސަން އައިލެންޑަށް ވަޑައިގެންފައިވަނީ އާއިލާގެ ބަޔަކާއެކު މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ލޮކްޑައުން ކުރުމުގެ ކުރިން ފެށިގެން އައިޝާގެ ފިރިކަލުން ގާސިމް ހުންނެވީ އެ ރިސޯޓްގައި ކަމަށެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވިސްނާލާ!

ނަހުލާ އަކީ ކުޑަކުޑަ 6 ދަރިންގެ މައެކެވެ. އެކުދިންނާއެކު މިދަނޑިވަޅުގައި، ގޭބަންދުގަ ހުރުމަށްވުރެ އަމިއްލަ ރިސޯރޓަށް ދިޔައްޔާ ހާސްތަނުން ރަނގަޅުވާނެ އެވެ. އެކުދިންނަށް ހުޅުވިފައި އޮތް ރައްކާތެރި މާހައުލެއްގައި އުފާވެރިކަން ހޯދައިދެވޭނެ އެވެ. ރިސޯޓަށް ދިއުމަށް ގެއިން ނިކުންނާނީ ވެސް ގަރާޖުގައި އޮތް އަމިއްލަ ކާރުގަ އެވެ. ގޮސް އަރާނީ ވެސް ޖެޓީގައި އޮތް އަމިއްލަ ލޯންޗަށެވެ. މާނައަކީ އިތުރު އެއްވެސް ބަޔަކާ ކޮންޓެކްޓެއް ނެތި، ބަޔަކަށް ނުރައްކާނުވެ، ރިސޯރޓަށް ދެވޭނެ އެވެ. ވީމާ އެކަމާ ބަޔަކު ހާސްވާކަށް ނުޖެހެ އެވެ. ޒާތީ ނުވާށެވެ! ﷲ އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ވަރަށެވެ.

ސަގަރު

އަހަރުންނަށް ކޮން ކަމެއް ތީނަ ކޮންމެ ތާކަށް ދިޔަސް.

އެހީ

ހަމަ އުސޫލުން ދެއްތޯ

މުބީނު

ގާސިމް ފިލައިގެން އުޅެނީ ބަގާވާތެއް ގެންނާނަމޭ ހިތާ. ކަލޯ ހިތަށް ވެސް ނާރުވާތި. ހެލިކޮޕްޓަރު ތައް ފޮނުވާލެވުނީމާ ހުވަފެނުން ދެކޭ ބަގާވާތް ގެންނަން.

ޕީޖޭ

އަންނި އުޅެނީ އިބޫގެ ވެރިކަން ފޭރިގަންނަން...އަހަރެމެން ދިވެހިންނަށް ނޯޅޭނެ ލާދީނީ ބައިގަނޑު

އަންޑޭ

އަމާގާތަށްވަތްމީހާވެސް ޖަވާބުދާރީވިތާއެވެ. އޭނަ އަމާގާތަކަށްނުވަދެއެވެ. އޭނާވަނީ ހުނިގުރާބުބަލައެވެ. މިއީ ދިވެހިރާއްޖެއެވެ. ތިންވަނަދުނިޔޭގެ ޤައުމެކެވެ. ޤާނޫނާއި ޤަވާޢިދުހެދޭނީ ބޮޑުންނަށާއި ފޯރާމީހުނަށް އެމީހުންކުރަންބޭނުންކަންތައްތައް ކުރެވޭނެޖާގަ ލިބިދޭގޮތަށެވެ. ލިޔެވިފަހުންނަޤާނޫނާއި ނުލިޔެވިހުންނަޤާނޫނު އޮންނާނެވާހަކަ މަރުޙޫމް ޢަބްދުﷲ ޙަމީދު ވިދާޅުވެފައިއެވަނީ އެކަންއެހެންއޮތީމައެވެ. ހުރިހައިބާރެއް ބޭބޭފުޅާއި އެމަނިކުފާނުގެ މުށުތެރޭގައި އޮތީމައެވެ. މިހާރުވެސް އެކަންއޮންނާނީ ހަމައެހެނެވެ. ރައްޔިތުންގެ ހަމަހަމަކަންއޮންނާނީ ޤާނޫނުގައި ލިޔެވިފައިއޮންނަ އެއްްޗެއްގެގޮތުގައެވެ. ކަންހިނގާނީ ހިންގަންބޭނުންގޮތަކަށެވެ. މަބުރޫކުގެޖަވާބާއިހިސާބުން ސުވާލުއުފެދުން ނިމޭނެކަން ވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނާނެއެވެ. ގޮތްބަލަންވެސް އަހަރުމެން ނިކަންގޮސްބަލާށެވެ! ހޭވެސް އަހާނުލައި ބަލާއަންނާނީ ރަޔަޓްޕޮލިހުންނެވެ. ވައްދާނީ ޖަލަށެވެ. ސުވާލު ކުރާނީވެސް ޖަލަށްލުމަށްފަހުގައެވެ.

ސާބަސް

ބްރޯގެވެސް އަމިއްލަ ރިސޯރޓް އަކަށް ދަންޏާއެއް ޕޮލިހުން އައިސް އުފުރައެއްނުލާނެ.

މިނިޓީ

މިނިސްޓަރު ނަހުލާވެސް މަސައްކަތްޕުޅުގައި ހަރަކާތްތެރިވެ އުޅުއްވީ އަމިއްލަ ރަށްޕުޅު ކަމަށްވާ ހޯރަފުށީގައި އެއަޕޯޓް އެޅެންދެން. ހއ.އަތޮޅު ރައްޔިތުންގެ އިހްސާސްތަކަށް ބެއްލެވުމެއްނެތި އަމިއްލަރަށުގައި އެއަޕޯޓް އަޅަންނިންމެވީ އަތޮޅުގެ ރައްޔިތުންނަށް ގޮއްޖައްސަވަމުން ލައިވް ޓީވީގައި. މިއީ ކަރަޕްޝަނަށް ނުވާނެތޯ. ޢަތޮޅުގަ އެންމެ އެކަށީގެންވާ ތަނުގައިތޯ އެއާޕޯޓްއޮތީ؟ މިކަން ނިމުމާއެކު ކަމަނާގެ ހަބަރެއް ނުވޭ. ވަރަށް އިޚްލާސްތެރި ދެއްތޯ؟

ޒަހީނު ސަން

ސައުތު ތައުފީގާއޭނާގެ އަންހެނުންނަކީ ސަންއައިލެންޑްގެ އޯނަރުންތޯ؟ އެހެނެއްނޫން ނަހުލާ އާއި އަލީ ވަހީދުގެ އޮންނަ ޚާއްސަ ގުޅުމެއްގެ ސަބަބުބް އަލީ ވަހީދު ދެއްވި ހުއްދައެއް އެއީ. ވަކިބަޔަކަށް ވަކިގޮތެއް. ތިމައްސަލަ ވެސް މަޖްލިސް އަށް ވައްދަންވީ އަސްލު ކަންހިގި ގޮތް ބަލަން.

ޑރ. ރާމީ ހަސަން.

ފުލޯކު ދޮގު ވާހަކަ ސަރުކާރުން ފަތުރަން މިހާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހޭނެ. ހިތާމަ ހުރި ކަމެއް. ނޫސް ކޮންފަރެންސް 2 ދުވަހުން އެއް ދުވަހު ބޭއްވުން ކިހިނެތް ތޯ ؟ މިހާރު މީހުން ނުވެސް ބަލާ.

ހިސެން

ސާބަހޭ، ބާރައް އަތް ޖަހާ، އަތް ދޮވެގެން ބާރައް ޖަހާ، ނިމިގެން ފެންވަރައިގެން އަނެއް އެންޓަނާ މައްޗައް އަރާތި

ހަތަރުއުދަރެސް

މީއޭ އެބުނާ ”ނިއު ނޯމަލް “ އަކީ...ހަމަސީދާ އާދައިގެ މީހާ އާއި މުއްސަނދިން އަދި ސަރުކާރު އިސްވެރިން ދެން ވ ބޮޑައް ތަފާތުވާނެ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345