ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

އަންނަ ހަފްތާގައިވެސް އިތުރު ލުއިތަކެއް ލިބޭނެ: މަބުރޫކް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު: ކޮވިޑްގެ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިދީފައި --
0%
0%
0%

ކޮވިޑް-19 ގެ ހާލަތު ގޯސްނުވެ މިހާރު ކުރިއަށްދާ ގޮތަށް ދާނަމަ އަންނަ ހަފްތާގައިވެސް އިތުރު ލުއިތަކެއް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މީގެ މަހެއްހާ ދުވަސްކުރިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގާ އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން މަނާކުރި އެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވެނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

އެ ފިޔަވަޅުތަކަށް ތިން ހަފްތާވުމުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކާފިއު ވަގުތު ކުރުކޮށް ބައެއް ލުއިތައް ދިނެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކުރި ކުރިއެވެ. އަދި ފަތިހު ހަތަރަކުން ހެނދުނު އަށަކަށް އެކަނި ކުރާ ކަސްރަތު ތަކަށް ހުއްދަ ދިނެވެ. މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.

މިރޭ އިއުލާނުކުރި ފިޔަވަޅުތަކާއެކު ކާފިއު ހިންގާނީ އިރުއޮއްސި ހަޔަކުން ފަތިހު ހަތަރަކަށް ޖުމްލަ 10 ގަޑިއިރު އެވެ. އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ޖިމްތައް ހުޅުވަން ހުއްދަ ދިނުމާއި ރަށްރަށަށް ދަތުރުކުރުމުގައި ބައެއް ލުއިތައް ދިނުން އަދި ޓޭކް އަވޭގެ ހިދުމަތް ދެވޭ ވަގުތު އިރުއޮއްސި ހަޔަކާ ހަމަައަށް ވަނީ ހުއްދަ ދީފައެވެ.

އިތުރު ފިޔަވަޅުުތަކާއި ގުޅޭގޮތުން މަބުރޫކް މިރޭ ވިދާޅުވީ ލުއިތަކާ ގުޅޭގޮތުން ކޮންމެ ހަފްތާއަކުވެސް މަޝްވަރާތައް ހިނގާ ކަމަށެވެ. އަދި އަންނަ ހަފްތާގައިވެސް އިތުރު ލުއިތަކެއް ދެވޭނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ.

"ކުރިއަށް އޮތް ހަފްތާގައިވެސް އިރާދަކުރެއްވިއްޔާ މިހާރު މިދާ ގޮތަށް ދަންޏާ އިތުރު ލުއިތަކައް ފުރުސަތު ލިބެމުން އަޅުގަނޑުމެންނަށް ދާނީ. އެ ލުއިތައް ރައްކާތެރިކަމާއެކު ދެވެންޏާ ދިނުން ސަރުކާރުގެ ވިސްނުމަކީ،" މަބުރޫކް ވިދާޅުވިއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345