ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖޭގެ އުތުރުގެ ރަށެއްގައިި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. -- އެ ޑިވިޝަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ހުކުރު ދުވަހު ވެސް ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރަށް ވެސް ވަރަށް ޅަ އުމުރުގެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކެއް ދާދި ފަހަކުން ފެންމަތިވެފައިވެ އެވެ.