ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ވައިރަސް ޖެހުނު އެންޑެލެކްޓްގެ ކޯޗް ވަކިކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވި، ބެލްޖިއަމްގެ އެންޑެލެކްޓްގެ އެސިސްޓެންޓް ކޯޗް، ޕާ ޒޭޓާބާގް މަގާމުން ވަކި ކޮށްފި އެވެ.

ސްވިޑެންގެ ޒޭޓާބާގް ވަނީ، ކުރިން އެ ޓީމަށް ކުޅެފަ އެވެ. އެ ކުލަބުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ލީގް ހުއްޓާލަން ޖެހުމުން އެ ކުލަބަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށާއި އެކަމުގެ އުނދަގޫ މެނޭޖުމެންޓުން ވަރަށް ބޮޑަށް ތަހަންމަލު ކުރަމުންދާ ކަމަށެވެ.

"އިގްތިސޯދީ ހަރަކާތްތަކާ އެއްގޮތަށް ޕޮރޮފިޝަނަލް ފުޓްބޯޅަ އަށްވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ގެންޖެހުންތައް ކުރިމަތިވެފަ، ކުލަބުގެ ދުވަހުން ދުވަހުގެ ހިންގުމަށްވެސް ވަނީ މާލީ ގޮންޖުހުންތައް ކުރިމަތިވެފަ،" ކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. " އެހެންވެ ކުލަބުން ނިންމާފައި ވަނީ ޕާ ޒޭޓާބާގް ގެ ކޮންޓްރެކްޓް އުވާލުމަށް، އެހެންނަމަވެސް މި ކުލަބުގެ ލެޖެންޑެއްގެ ގޮތުގައި އޭނާ ދެމިހުންނާނެ."

އޭނާ މަގާމުން ވަކި ކުރުމުން ލިބުނީ ޝޮކެއް ކަމަށް، ޒޭޓާބާގް ބުންޏެވެ. އޭނާ ބުނީ އެ ހާލަތު ކުރިމަތި ވެދާނެ ކަމަށް ހީ ނުކުރާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބު ކުލަބުން ތަފްސީލުކޮށް ބުނެދީފައި ނެތް ކަމަށެވެ.

"ކިތަންމެ ބޭނުން ނުވިޔަސް މިގޮތް ބަލައިގަތުން ނޫން ގޮތެއް މިއަދު އަހަންނަކަށް ނެތް." ބެލްޖިއަމް މީޑިއާ ގައި ވާހަކަ ދައްކަމުން ޒޭޓާބާގް ބުންޏެވެ.