ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ހާލަތު ގޯސްވުމުން ނުވަ ކުޅުންތެރިޔަކު ވަކިކޮށްފި

މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފައި ވުމުން، ކުލަބަށް ކުރިމަތިވާ މަލީ ގެއްލުންތަކުން ސަލާމަތް ވުމަށް ސްވިޒަލޭންޑްގެ އެފްސީ ސިއޯން އިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްވިސް ސުޕަ ލީގް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ. އެކަމުގެ ސަބަބުން ކުލަބުތަކަށް މާލީ ގޮތުން ބޮޑތި ގޮންޖެހުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ.

ކުލަބަށް މަލީ ދަިތައް ކުރިމަތިވާން ފެށުމުން، ސްވިސް ސުޕަ ލީގްގެ އައް ވަނައިގައި އޮތް ސިއޯން އެފްސީން ނިންމީ، ކުޅުންތެރިންގެ މުސާރަ ދަށް ކުރުމަށެވެ. މުސާރަ ދަށް ކުރުމަށް ދެކޮޅު ހެދި ކުޅުންތެރިންގެ ކޮންޓްރެކްޓް އެ ޓީމުން ވަނީ ނޯޓިސް ދިނުމެއް ނެތި ބާތިލު ކޮށްފަ އެވެ. އެގޮތުން ނުވަ ކުޅުންތެރިޔަކު އެ ކުލަބުން ވަނީ ޓީމުން ވަކި ކޮށްފަ އެވެ.

އެ ކުލަބުން ކޮންޓްރެކްޓް އުވާލި ކުޅުންތެރިންގެ ތެރޭގައި ކުރިން އާސެނަލްއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އެލެކްސް ސޯންގް، ޔޯހަން ޑީޖެރޯވޫ އަދި ފުލަހަމްގެ ލޯން އެއްބަސްވުމުގެ ދަށުން ޕަޖްޓިމް ކަށާމީ ހިމެނެ އެވެ.

އެ ކުލަބުގެ ކެޕްޓަން ޒަވިއޭ ކޮއުއާސީ ކުރިން ނިއުކާސަލް އަށް ކުޅުން ސޭޑޫ ޑާމްބިއާ ވެސް ހިމެނެ އެވެ.