ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ދުވަސްވީ މީހުންގެ މައުލޫމާތު ޖެންޑާއިން އެއްކުރަނީ

Mar 24, 2020
2

ކޮވިޑް-19 އާ ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މި މަސައްކަތް ފަށާފައިވަނީ ކޮވިޑް-19 އިގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭ ދުވަސްވީ މީހުން ހިމެނޭތީ އާއި އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި ގިނައިން މަރުވަމުން ދަނީ ދުވަސްވީ މީހުން ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ހާމަ ކޮށްފައި ވާތީ އެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް ހާއްސ ފޯމެއް ތައްޔާރުކޮށްފައިވެ އެވެ. އެ ފޯމް 65 އަހަރުން މަތީގެ ހުރިހާ އެންމެން ފުރަން ޖެހެ އެވެ.

އެ ފޯމްގައި އެ މީހެއްގެ އާންމު މައުލޫމާތުގެ އިތުރުން މިހާރުގެ ސިއްހީ ހާލަތުގެ މައުލޫމާތު ފުރިހަމަ ކުރަން ހިމަނާފައި ވެއެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާއިން ފަށާފައިވާއިރު 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން އިނާޔަތް ދެމުން ދަނީ ޕެންޝަން އޮފީހުގައި ގާއިމްކޮށްފައިވާ ޑޭޓާބޭސްއަށް ބަލައިގެނެވެ.