ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަޔާން މިއުނިކް

ހާލަތަށްބަލައި ބަޔާންގެ މުސާރަތައް ކުޑަކޮށްފި

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތި ވަމުންދާ އިގްތިސޯދީ ދަތިތަކާ ހުރެ، ބަޔާން މިޔުނިކްގެ ކުޅުންތެރިންގެ މުސާރައިން 20 ޕަސަންޓް ދަށް ކުރަން ކުޅުންތެރިން އެއްބަސް ވެއްޖެ އެވެ.

ބުންޑެސް ލީގާ މެދުކަނޑާލުމުން ކުލަބުތަކަށް ދަނީ ގެއްލުންތައް ކުރިމަތި ވަމުންނެވެ. މެޗުތައް ނުކުޅޭތީ ޓިކެޓް ފައިސާ އާއި ސްޕޮންޝާޝިޕް ފައިސާ ލިބުން ވަނީ ހުއްޓިފަ އެވެ.

މި ސީޒަނަށް ބަޔާން މިޔުނިކުން ހުށަހަޅައި ފާސް ކުރީ 750.5 މިލިއަން ޔޫރޯގެ ބަޖެޓެކެވެ. އޭގެ ތެރެއިން ސްޕޯޓިންގް ގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 336.2 މިލިއަން ޔޫރޯ އެވެ. ބަޔާންއިން ނިންމާފައި ވަނީ މެޗުތައް ނުކުޅޭނަމަ 20 ޕަސަންޓް ކުޑަ ކުރުމަށެވެ. ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ 10 ޕަސަންޓް ކުޑަ ކުރުމަށެވެ.

މިހާރު ބުރޫޝިއޯ ޑޯޓަމުންޑުންވެސް ވަނީ، އެ ޓީމުގެ ކުޅުންތެރިންގެ މުސާރަވެސް ކުޑަ ކުރުމަށް ހުށަހަޅާފަ އެވެ. ބުރޫޝިއާ މޮންޗެންގުލެބާކުން ވަނީ ސީދާ ކުލަބުގެ މެނޭޖުމެންޓުން އިސްނަގައިގެން މުސާރަތައް ކުޑަ ކޮށްފަ އެވެ. ވާޑާ ބްރޭމަން އާއި ޝާލެކޭ ވެސް މިދިޔަ ހަފުތާގައި އެގޮތަށް ނިންމާފަ އެވެ.

މި ސީޒަނަށް ޔޫރަޕްގެ އެންމެ ބޮޑު ބަޖެޓެއް ފާސް ކުރި ކުލަބަކީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ މުއްސަނދި ކުލަބު ބާސެލޯނާ އެވެ. އެ ކުލަބުން ފާސް ކުރީ 1.47 ބިލިއަން ޔޫރޯގެ ބަޖެޓެކެވެ. ބާސާއިންވެސް ވަނީ އެ ކުލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ 70 ޕަސަންޓް ދަށް ކޮށްފަ އެވެ.