ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަޔާން މިއުނިކް

ބަޔާން މިޔުނިކް އަލުން ޕްރެކްޓިހަށް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ޕްރެކްޓިސްތައް މިދިޔަ މަހުގެ މެދުތެރޭގައި މެޑުކަނޑާލަުމަށް ފަހު، ބަޔާން މިޔުނިކްގެ ޓީމު މިއަދު އަލުން ޕްރެކްޓިސް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕްރެކްޓިސް މެދުކަނޑާލަން، ޖަރުމަންގެ ފުޓްބޯޅަ ލީގުން އެންގުމަށް ފަހު ވަނީ، މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެއްވެސް ޓީމަކުން ޕްރެކްޓިސް ނުކުރުމަށް އަންގާފަ އެވެ. ފުޓްބޯޅަ ލީގުން ކަނޑައެޅި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމުން، ބަޔާން އިން ވަނީ ، މިއަދު އެ ޓީމުން ޕްރެކްޓިހަށް ނުކުންނާނެ ކަން އިއުލްނާ ކޮށްފަ އެވެ.

"ބަޔާން މިޔުނިކްގެ ސީނިއާ ޓީމުން މިއަދު ޕްރެކްޓިހަށް ނުކުންނާނެ،" ބަޔާންގެ ސްޓޭޓްމެންޓްގައި ބުނެފައި ވެއެެ. "މިއަދު ޕްރެކްޓިހަށް ނުކުންނާނީ ކުޑަ ގުރޫޕެއް، މިގޮތަށް މިނިންމީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާވާ ކަންކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން."

އެ ކުލަބުން ބުނީ، ޕްރެކްޓިސް ކުރިއަށް ގެންދާނީ އާންމުންނަށް ޕްރެކްޓިސް ބަލަން ޒިޔާރަތް ނުކުރެވޭ ގޮތަށް ކަމަށެވެ. ބަޔާން ވެގެން ދާނީ ކޮރޯނާ ވައިރަސް އާ ގުޅިގެން ޕްރެކްޓިސް ހުއްޓާލި ކުލބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުންނަ ކުލަބަށެވެ.