ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮރޯނާއިން އަރައިގަތުމަށް މެސީ އެއް މިލިއަން ޔޫރޯ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން އަރައިގަތުމަށް، ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެއް މިލިއަން ޔޫރޯ ހަދިޔާ ކޮށްފި އެވެ.

މެސީ ހަދިޔާ ކުރާ އެއް މިލިއަން ޔޫރޯ ހޭދަ ކުރާނީ، ބާސެލޯނާ ސިޓީގައި ހުންނަ ހޮސްޕިޓަލް ކްލިނިކް އަށާއި އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާގެ މެޑިކަލް ސެންޓަރަކަށެވެ.

ބާސެލޯނާގެ ކުރީގެ ކޯޗް އަދި މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ވެސް ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތައް އެއް މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ. ގާޑިއޯލާ ހަދިޔާ ކުރާ އެއް މިލިއަން ޔޫރޯ ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ، އޭންހަލް ސޯލާ ޑެނިއެލް ފަންޑޭޝަން ކިޔާ އެންޖީއޯއަކަށެވެ. އެއީ ސިއްހީ ފަރުވާދޭން ބޭނުންވާ ސަމާނު ގަތުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގައި އެންމެ ދަތި ހާލަތެއް ތަހަންމަލް ކުރަމުންދާ ގައުމަކަށް ވެފައި ވަނީ ކްރޮއޭޝީއާ އެވެ. އެ ގައުމަށް މިދިޔަ ހަފުތާގައި ބިން ހެލުމެއްވެސް ކުރިމަތިވި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި ކްރޮއޭޝިއާގެ ގައުމީ ޓީމުން ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށާއި ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް 500،000 ވުރެ ގިނަ ޔޫރޯ ހަދިޔާ ކޮށްފަ އެވެ.

ޖަރުމަންގެ ގައުމީ ޓީމުންވެސް ވަނީ، 2.5 މިލިއަން ޔޫރޯ ހަދިޔާ ކޮށްފަ އެވެ. މިވަގުތު މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ހާލަތުގައި އޮތް އިޓަލީގެ އޭސީ މިލާނުން ވަނީ 250،000 ޔޫރޯ ހަދިޔާ ކޮށްފަ އެވެ. ބަޔާން މިޔުނިކްގެ ދެ ކުޅުންތެރިން ކަމަށްވާ ލިއޯން ގޯޓްޒްކާ، ހޯޝުއާ ކިމިޗް ވަނީ "ވީ ކިކް ކޮރާނޯގެ" ނަމުގައި ފަންޑެއް ހުޅުވައި އެއް މިލިއަން ޔޫރޯ ހަދިޔާ ކޮށްފަ އެވެ.