ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މެސީ

ފުޓްބޯޅަވެސް ކުރިން އޮތްގޮތަކަށް ދެން ނޯންނާނެ

ކޮރޯނާ ވައިރަސް އާއެކު، ފުޓްބޯޅަ އާއި އާންމު ދިރިއުޅުން ވެސް ކުރިން އޮތްގޮތަކަށް ދެން ނޯންނާނެ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް 400،000 މީހުން ވަނީ މަރުވެފަ އެވެ. ފުޓްބޯޅަ އަލުން ފެށިއރު މެޗުތައް ކުޅެން ޖެހިފައި ވަނީ ސަޕޯޓަރުން ނުވައްދައި ސްޓޭޑީއަމް ބަންދު ކޮށްގެނެވެ. ކުލަބުތަކުގެ މެދުގައި ވާދަވެރިކަން އޮންނަ މާލީ ކުރިއެރުން ހޯދުމުގެ ރޭސް ވަނީ ވަގުތީ ގޮތުން ނިމުމަކަށް އައިސްފަ އެވެ.

ކޮވިޑް-19 ގެ ހާލަތުން އެކީއެކަށް މިންޖު ވެވޭނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނަނީ ވައިރަހަށް އެންޓި ވެކްސިނެއް އުފެއްދިގެނެވެ. އާޖެންޓީނާގެ ކެޕްޓަން މެސީ ގަބޫލު ކުރާ ގޮތުގައި ފުޓްބޯޅަ ވެސް ކުރިން އޮތްގޮތަކަށް ދެން ނޯންނާނެ އެވެ. އެ އުސޫލު އާންމު ދިރިއުޅުމަށް ވެސް ފެތޭނެ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަކަށް ހީނުވޭ ފުޓްބޯޅަ ވެސް ކުރިން އޮތް ގޮތަކަށް އޮންނާނެ ހެނެއް،" ސްޕެއިންގެ ދުވަހު ނޫސް އެލް ޕައިސް އަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ. "ފުޓްބޯޅައިން ބޭރުން އާންމު ދިރިއުޅުން ވެސް އަބަދު އެއްގޮތަކަށް ނޯންނާނެ."

މެސީ ބުނީ، މިހާލަތު ތަޖުރިބާ ކުރި ކޮންމެ ބަޔަކުވެސް އެކަން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ. ވައިރަހުގެ އަސަރު ކުރި މީހުންނާމެދު އޭނާއަށް ކުރެވޭ އިހްސާސަކީ މޮޅިވުމާއި ދެރަވުން ކަމަށް މެސީ ބުންޏެވެ.

"އަންހަނަށް ޔަގީން ފުޓްބޯޅަ އަދި އާންމުކޮށް މުޅި ކުޅިވަރަށް އަސަރު ކުރާނެ، ކުޅިވަރާ ސީދާ ގުޅުން ހުރި ކުންފުނިތަކަށް ވައިރަހުގެ ސަބަބުން މާލީ ގޮތުން ގެއްލުން ކުރިމަތި ވެފައި ހުންނާނެ."

އޭނާ އިތުރަށް ބުނީ ކުރިން އާންމު ހާލަތުގައި އޮތް ކަންކަން މިހާރު އަމަލު ކުރާއިރު މުޅިން ތަފާތު ވާނެ ކަމަށެވެ. ހާއްސަކޮށް އެތުލީޓުންނަށް އެކަމުގެ ސަބަބުން އުނދަގޫ ކުރިމަތި ވާނެ ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ވަނަ ފަހަރަށް ހޯދި މެސީ ބުންޏެވެ.

ކޮރޯނާ ވައިރަސްގެ އަސަރު ކުރި މީހުންނަށް ފަރުވާ ކުރުމަށްޓަކައި މެސީ ވަނީ އެއް މިލިަން ޔޫރޯއަށް ވުރެ ގިިނައިން ޗެރިޓީގެ ގޮތުގައި ހޮސްޕިޓަލްތަކަށް ހޭދަ ކޮށްފަ އެވެ.